ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ދޭ 4 ބޭހަކަށް ސަމާލުވުމަށް އައްގައިފި

ސަމާލުވުމަށް އެންގި ބޭސްތައް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ދޭ 4 ބޭހަކަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތަާއި ބެހޭ ޖަމިއްޔާއިން އައްގައިފިއެވެ.

ދުނިޔޭގެ ސިއްހަތަާއި ބެހޭ ޖަމިއްޔާއިން މިހެން އައްގާފައިވަނީ އިންޑިއާގެ ހަރިޔާނާގައި ހުންނަ މައިޑަން ފާމަސޫޓިކަލްސް ލިމިޓެޑުން އުފައްދާ ބޭސްތަކެއް ތަޢައްޔަރުވެފައިވާ ކަމަށް ބުނެ ގެމްބިޔާއިން ރިޕޯޓުކޮށްފައި ވާތީއެވެ. އެއީ ވަކި ބެޗްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިނުވާތީއެވެ.

މިކަމާއި ގުޅޭ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނުގައިވަނީ މި ބޭހަކީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުންވެސް ހުއްދަ ކުރާ ބޭހެއް ނޫންކަމަށެވެ. ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސް އެތެރެވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ.

މި ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން އާއި ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕް އަދި މަކޮފް ބޭބީ ކޯފް ސިރަޕްގެ އިތުރުން މެގްރިޕް އެން ކޯލްޑް ސިރަޕްއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަް ޕޯރޓްތަކުގައި ބަަލއި ފާސް ކުރަމުން ގެންދާނެކަމަށެވެ. އަދި މި ބޭސްތަކާއި ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 79%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: