ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރާ ކާބޯތަކެތި ރަނގަޅަށް ލޭބަލްކުރުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓެއިނަރުގައި ބަންދުކޮށްގެން ރާއްޖެއެތެރެކުރާ ކާބޯތަކެތި ރަނގަޅަށް ބަންދުކޮށް، ލޭބަލްކޮށްގެން އެތެރެ ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކުރާ ބިސްކޯދު ފަދަ ކާބޯތަކެތި، އެހެން އުފެއްދުމަަށް ބަންދުކޮށް ވިއްކުމުގައި ލޭބަލްކޮށްފައި ހުންނަ ޑަބިޔާ ފަދަ ތަކެތީގައި އެތެރެކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ވަކި އުފެއްދުމެއް ބަންދުކުރުމަށް ހާއްސަކޮށް ލޭބަލްކޮށްފައި ހުންނަ ކޮންޓެއިނަރުގައި އެހެން އުފެއްދުންތައް ލޭބަލްކޮށް ބަންދުކޮށްފައި ހުންނަކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފައިވެއެވެ. އަދި އެފަދަ ކޮންޓެއިނަރުތަކުގެ ލޭބަލްގެ އިތުރުން ފަސޭހައިން ނެއްޓޭ ގޮތަށް އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައިވާގޮތުގައި ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުން އެ ބޭނުންކުރާ މީހުންނަށް އޮޅުން އަރާކަމަށާއި އެކަމުގެ ސަބަބުން އެފަދަ އުފެއްދުމެއްގެ މައްސަލަ ޖެހިއްޖެ ހާލަތެއްގައި އެ އުފެއްދުމެއް ޓްރޭސްކުރަން އޮތް ފުރުސަތު ގެއްލޭކަމަށެވެ.

މީގެ އިތުރުން އެމްއެފްޑީއޭ އިން ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެތަކެތި ބަންދުކޮށް ލޭބަލް ކުރުމުގައި އެއަށް ހާއްސަ ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ  އަސްލު ކޮންޓެއިނަރު ނޫން އެހެން ކޮންޓެއިނަރެއްގައި ބަންދުކޮށް ލޭބަލްކޮށްގެން ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކްލިއަރެންސް ނުދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: