ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލިޓީގައި ދަށް އައިވީ ޕަރޮޑަކްޓެއް ބޭނުން ނުކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެންވަރު ދަށްވެ، އައިވީ ޕްރޮޑަކްޓެއް ކަމަށްވާ “RL” އައިވީ ޕްރޮޑަކްޓް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން އާންމު ބުނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންގެންދާ އައިވީ ޕްރޮޑަކްޓެއް (RL) ގައި ކޮލިޓީ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ.

އެހެން ކަމުން މި އައިވީ ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން އިތުރަށް ބުނީ މި މައްސަލަ ދިމާވެފައިވާ އައިވީ އަކީ އެއޮތޯރިޓީން ހުއްދަ ދީފައިވާ އައިވީ އެއް ނޫން ކަމަށެވެ.

މި ޕްރޮޑަކްޓް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް އެންގުމަށް އެއޮތޯރިޓީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: