ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ ޕީޖީގެ އެދުމުގެ މަތިން: ފުލުހުން

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭޜަށް ފުރުން މަނާކޮށް އެމަނިކުފާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނީ  ޕީޖީ ފުލުހުންގެ ފަރާތުން އެކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފިއެވެ.

މަނީލޯންޑާރ ކުރިކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިތާ ގިނަ އިރުތަކެއް ނުވެ، އެމަނިކުފާނު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރެއް ނެރެދީފައި ވަނީ އަންގާރަ ދުވަހުއެވެ.

ފުލުހުން ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން، ކްރިމިނަލް ކޯޓުން އެދުމުން ރައީސް ޔާމީން ފުރުން މަނާކޮށް 07 ދުވަހުގެ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަށެވެ.

ފުލުހުން އެފަދަ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދެން ޖެހުނު ސަބަބު ސާފް ކުރުމަށް “ސަންގު” އިން ފުލުހުންގެ ތަރުޖަމާންއަށް ގުޅުމުން ވިދާޅުވީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން މީހެއްގެ ޕާސްޕޯޓް ހިފަޖައްޓަން ޖެހިއްޖެނަމަ އެފަދަ އަމުރެއް ނެރެދިނުމަށް މިހާރު ޕީޖީ އެދެން ޖެހޭނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކޯޓުގައި އެދުނީ ޕީޖީ އެކަމަށް އެދުމުން ކަމަށް ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިޔަށްދާއިރު އެއީ ރ. ފުއްގިރީގެ މުއާމަލާތުގެ މައްސަލައަކާއި ވ. އާރަށުގެ މައްސަލައެކެވެ. މި ދެ މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން އާއި ރިޝަވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: