ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓީ ފުއްގިރި މައްސަލައިގައި:ޕީޖީ

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން އަބްުދުލްގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އެމަނިކުފާންގެ ޕާސްޕޯޓް ހިފެހެއްޓީ ރ، ފުއްގިރި މައްސަލައިގައި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް  ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދުމަށް ފުލުހުންނަށް ޕީޖީ ލަފާ ދިން ސަބަބާއި ބެހޭ ގޮތުން “ސަންގު” އިން ސުވާލު ކުރުމުން. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދަޢުވާލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން ޢަމަލުކުރާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ހޯދުމަށް ފުލުހުންނަށް ޕީޖީ ލަފާ ދިނީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ރ، ފުއްގިރި މައްސަލައިގައި ކަމަށެވެ. އަދި  ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރުމީހުންގެ ޕާސްޕޯޓްވެސް ހިފަހަށްޓާފައިވާ ކަމަށެވެ.

މީގެއިތުރުން ޝަފީއު ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާދީފައިވާނީ، އެފަދަ އަމުރަކަށް އެދެވޭނީ ޤާނޫނުތަންފީޛްކުރާ އިދާރާތަކަށްކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާތީ ކަމަށެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ޔާމީންގެ އިތުރުން މި މައްސަލާގައި ރިޒާއަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: