ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަންޏަށް ނަގާ ފައިސާ ހޭދަކުރަނީ ކެއިންބުއިމަށާއި ކުޅިވަރުކުޅުމަށް: ޑރ ވަހީދު

ކުރީގެ ނައިބްރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ މުހައްމަދު ވަހީދު ހަސަން މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ދަރަންޏަށް ނަގާ ފައިސާ ހޭދަކުރަނީ ކެއިންބުއިމަށާއި ކުޅިވަރުކުޅުމަށްކަމަށް ކުރީގެ ނައިބްރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވަނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިސަރުކާރުން ގެންގުޅެމުންދާ މާލީ ސިޔާސަތުތަކަކީ އެއްވެސް ހަރުދަނާކަމެއް ނެތް ސިޔާސަތުތަކެއްކަން ފާހަގަކުރައްވާ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މާހީ ހާލަތަށް އައި ކުރިއެރުންތަކަށް ޑރ ވަހީދު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޑރ ވަހީދު ވިދާޅުވީ މިހާރު ފެންނަނީ ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައި އޮތްތަންކަމަށެވެ. މިހާރު އޮތް ސަރުކާރުގެ މާލީ ސިޔާސަތަކީ ޒިންމާދާރުކަންކުޑަ ސިޔާސަތެއް ކަމަށާއި އެކަމުގެ ދަރަނީގެ ނިސްބަތް އިންތިހާއަސް އުފުލެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ކުޑަ ގައުމަކާއި އަޅާ ބަލާއިރު ދަރަނި އިންތިހާއަށް ބޮޑުވެގެންދާކަން ފާހަގަކުރެއްވިއެވެ. ގައުމަށް ލިބޭ އާމްދަނީގެ 140 އިންސައްތައަށް ދަރަނި އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ.

“ދަރަންޏަށް ނަގާ ފައިސާ ހޭދަކުރަނީ ކެއިންބުއިމާއި ކުޅިވަރު ކުޅުމަށް! ހިތަށްއަރާ މިބޭފުޅުންނަށް ނޭންގެނީބާއޭ ދައުލަތުގެ ދަރަންޏަކީ ރައްޔިތުންގެ ދަރަނިކަން!” ޑރ ވަހީދު

އެމްއެމްއޭ އަދި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ދޭނަސޭހަތް ގަބޫލުކުރުން ނޯންނަކަމަށާއި ގަވަރުނަރުގެ އަނގަމަތީވެސް ޓޭޕް އަޅާފައިވާކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. ރައީސް ޔާމީންގެ މާލީ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައި ޕަބްލިކް އެކައުންޓްސް ބެލެންސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށާއި އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ސަރުކަރާއި ހަވާލުވާންޖެހޭކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު މިއަށްވުރެ ދަށަށް ދިޔަ ދުވަސްވަރެއް ނުދެކޭ ކަމަށާއި ގައުމު ސަލަމާތްކުރުމަށް ގައުމަށް ހެޔޮ އެދޭ އެންމެން އެއްގަލަކަށް އަރަންޖެހޭކަމަށް ވިދާޅުވިއެވެ. މިހާރުވެސް އިދިކޮޅު ކޯލިޝަންގެ ހިތްވަރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްގަލަށް އަރާފައިވާކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. އަދި މާޒީ ހަނދާން ނައްތާލައި ގައުމު އިސްކޮށް ގައުމު ދެކެ ލޯބިވާ އެންމެން އިދިކޮޅާއެކު މަސައްކަތްކުރުމަށް ޑރ ވަހީދު ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީންގެ މާލީ ސިޔާސަތުތަކަށް ޑރ ވަހީދު ވަނީ ތައުރީފް ކުރައްވާފައެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައިވެސް ގައުމު މިހާރު އޮތް މާލީ ހާލަތަށް އަލިއަޅުއްވާލައްވައި ސަރުކާރުން ނަގާ ދަރަނިތަކުންވާ ފައިދާއެއްނެތްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވިޔަފާރިއެއްވެސް ނުކުރެވި ބޮޑު އިންވެސްޓްމަންޓެއްވެސް ކުރެވިފައިނުވާކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: