ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން މުނިފޫހި ފިލުވަން ގެންގުޅުން އެއީ އެމްއެންޕީ ބޭނުންވާ ގޮތެއް ނޫން: ޝިދާތާ

މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތަ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެނުންނާއި ވާދަކޮށް އަންހެނުންނަށް ވަޒީފާގެ މަގާމުތަކާއި ހަމައަށް ދެވާނެ މަގުފަހިކޮށް ދޭނެކަމަށް މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ ވިދާޅުވެފައިވަނީ، މީގެކުރިން މިފެންނަނީ ފޮޓޯތަކުންނައި ސިޔާސީ މަންޒަރުތަކުން ޒުވާނުންވަކި ގޮތަކަށް ސިފަކުރާ މަންޒަރުތަކެވެ. އެމްއެންޕީ އިން ބޭނުންވަނީ އެކި ފަންނުތަކުގެ އެކިކަހަލަ ޒުވާނުނަނަށް އެމީހުން އެބޭނުންވާ ދާއިރާތަކުން ކުރިއަށް ދެވިއަދި އެމީހުންނަކީ ޕްރޮފެޝަނަލް މީހުންގެ ގޮތުގައި ވުމަށެވެ. މީގެއިތުރުން، އެމްއެންޕީއިން ބޭނުންވަނީ އެމީހުންނަށް އާމްދަނީ ލިބި އަމިއްލަ ފައިމައްޗަށް ތެދުވެވިގެން އަމިއްލަ ބާރުވެރިކަމާއި އެކީ މަސައްކަތް ކުރެވޭ ޒުވާނުން ބިނާކުރުމަށެވެ.

ޝިދާތާ ވިދާޅުވީ، ޒުވާނުންނަކީ މުނިފޫހި ފިލުވަން ގެންގުޅޭ ބައެއްގެ ގޮތަގައި ވުމަކީ އެއްވެސް ގޮތެއްގައި އެމްއެންޕީއިން ބެނުންވާކަމެއް ނޫންކަމަށެވެ. އަދި އެޕާޓީގެ ޕްލެޓްފޯމަކީ އެމީހުންނަށް ކުރިއަށް ދެވޭނެ މަގުދައްކައިދޭ ޕްލެޓްފޯމަކަށް ވުމަކީ އެމްއެންޕީގެ އެންމެ ބޮޑު އުމްމީދެވެ. އެއީ ކުޅިވަރުގެ ދާއިރާއިން ކަމުގާވިއަސް އަދި ޕްރޮފެޝަނަލް އެކިއެކި ދާއިރާތަކުން ކަމުގާވިއަސް އެމްއެންޕީއިން ބޭނުންވަނީ އެމީހުން އުފައްދާ، އެމީހުންނަކީ އެދާއިރާއިން ކުރިއަށް ދެވޭނެ މަގު ދެއްކިފައިތިބި ބަޔަކަށް ވެގެން ދިއުންކަމުގައި ވެސްވެއެވެ.

“އަޅުގަނޑުމެންގެ ޕާޓީއިން ކުއްޖަކަށް ޑޮކްޓަރުކަން ކިޔަވަދީފިއްޔާ، އެމީހާއަކީ އަމިއްލަ ކްލިނިކެއް ހުޅުވޭނެ ފެނަވަރުގެ ޑޮކްޓަރަކަސް ހަދާނެ ސިޔާސަތުތައް އަޅުގަނޑުމެން ބައްޓަންކުރާނީ. އަޅުގަނޑުމެންގެ ޕާޓީއިން ފުޓުބޯޅަކުޅޭ ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުއްޖާ ނެރޭކަމަށް ވެއްޖެނަމަ، އެކުއްޖާއަށް މުޅި ފޮޓްބޯޅަ ޕެސއޖް ކެރިއާ އާއިއެކީ އަދި އެކުއްޖާގެ ތައުލީމާއެކީ ކުރިއަށް ދެވޭނެ ސިޔާސަތުތައް އަޅުގަނޑުމެން ބައްޓަންކުރާނީ” ޝިދާތާ ވިދާޅުވިއެވެ.

ހަމައެހެންމެ، އެމްއެންޕީގެ މުހިންމު މަގާމުތަކުގައިވެސް އަންހެނުން ތިބޭނެކަމަށް ޔާގީންވާނެ ގޮތަށް އެމްއެންޕީގެ ޕާޓީ ސްޓަރަކްޗަރ ތައްޔާރުކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެންޕީގެ ޕޮލިޓިކަލް މޮބިލިޓީ ނުވަތަ ޕޮލިޓިކަލް އެކްޓިވިޒަމްވެސް ޑިޒައިންކޮށް އެމްއެންޕީގެ ފްރޮންޓް ލައިނުން ފެނިގެންދާނީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ އަދަދެއް ކަމަށްވެސް ވެއެވެ.

މީގެއިތުރުން، ގައުމުގެ އިގްތިސާދީ ރިސޯޓްތައް ބަހާލާއިރުގަ، މިހާރު މިފެންނަނީ އިންތިހާއަށް އަންހެނުންނާ ފިރިހެނުން ތަފާތުކުރާ މަސްޒަރެވެ. ނަމަވެސް އެމްއެންޕީގެ ސިޔަސަތަކުން އެރިސޯޓްތައް ބެހިގެންދާއިރު އެހައްގުވާ ހުރިހާ ފަރާތްތަކަށް ހަމަހަމައަށް ބެހިގެންދާނެ ކަމުގެ ޔަގީންކަން ދޭނެކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވެފައި ވަނީ، މިހާތަނަށް އާއި ހުރިހާ ވެރިކަމެއްގައިވެސް މިފެނިގެން ދިޔައީ ރައްޔިތުންނަށް ކުރި ވައުދުތައް ފެއްދައިނުދެވިގެން ދިޔަމަންޒަރެވެ. އަދި ރައްޔިތުން އެބޭނުންވި ކަހަލަ ވެރިކަމެއް ކުރުމުގެ ކުޅަދާނަކަން އެބޭފުޅުންގެ ނެއްމަންޒަރެވެ. އެމއެންޕީ އެފައްދަން ޖެހުނު މައިގަނޑު ސަބަބަކަށް ވެފައިވަނީ މިހުރިހާކަމެއް ފެއިލްވެގެން ދިއުމުން ކަމައްވެސް ޝިދާތާ ވިދާޅުވެފައިވެއެވެ.

އިތުރު ފިކުރެއް އުފައްދަން މިޖެހުނު ސަބަބަކީ، ފިކުރެއްގެ މަތީގައި ގައުމުގެ ސިޔާސަތުތަށް ބައްޓަންވާން ޖެހޭތީކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި އެ ފިކުރަކީ ގައުމު ކުރިއަށް ނެރޭނެ ފިކުރެއްކަމަށް ވެސް ޔަގީން ކުރަން ޖެހޭކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. ޝިދާތާ ވިދާޅުވި ގޮތުގައި މިއަދު އެމްއެންޕީގެ ކުރީސަފުގަ އަތުރާލާފއި ތިބި ލީޑަރުންނަކީ އެމީހުންގެ އަމިއްލަ ބޭނުމަށްވުރެ ގައުމު ކުރިއަށް ނެރެދޭނެކަން ސާބިތުކޮށް ދީފަތިބި ލީޑަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: