ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ސީޕީ ހަމީދު ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވޭ: ޝުޖާއު

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ހުއްދައާއިއެކު އިދިކޮޅުގެ ޖަލްސާގެ ތައްޔާރީތައް އިއްޔެ ހަވީރު ފެށުމާއިއެކު ރަޔަޓް ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ޖަލްސަގެ ތައްޔާރީތައް ހުއްޓުވާފައެވެ.

އެކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް އަންގާ ޣައިރު ޤާނޫނީ އެންގުންތަކަށް ފުލުހުން ތަބާވުމަށް ގޮވާލާފައެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވުމުން ދަޢުވާ އުފުލޭތަން ބަލަން ބޭނުންނުވާކަމަށެވެ.

ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުންގަނޑު ބޮޑުވެފައިވާއިރު، ކައުންސިލުން އިއްޔެ ފާސްކުރީ، އެ ކުންފުންޏަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާށެވެ.

އެޗްޑީސީން ބުނަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދުމުން އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު، ޔާމީންގެ ވެރިކަމުގައި އެތައް ހާސް ބަޔަަކަށް ގެދޮރު ހޯދައިދިނުމަށް ހިންގި ބިޔަ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އިމާރާތްކުރި ސަރަހައްދުގއި ޕީޕީއެމްގެ ޖަލްސާ ބާއްވަން އެ ޕާޓީން އުޅެނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޮއިކުރައްވައި ދެއްވި ހުއްދައެއްގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: