ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައުންޑޭޝަން ސްޓޭޖުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ފަށައިފި

ފައުންޑޭޝަން ސްޓޭޖުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފައުންޑޭޝަން ސްޓޭޖަށް އުނގަންނަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށްގެން ކޮންޓެންޓް އަޕްގްރޭޑިންގ ޕޯޓްފޯލިއޯ އެންޑް އިންޓަގްރޭޝަން ފޯ ފައުންޑޭޝަން ސްޓޭޖް، ތަމްރީނު ޕްރޮގްރާމް އެން.އައި.އީގެ ސްކޫލް އޮފް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޔުނިޓުން ބާއްވައިފިއެވެ.

ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ ޕޯޓްފޯލިއޯއަކީ ކޮބައިކަން މުދައްރިސުންނަށް ބުނެދީ، ޕޯޓްފޯލިއޯ ތައްޔާރުކުރާނެގޮތާއި ފިލާވަޅުތައް ތައްޔާރުކުރާއިރު އެ ހަފްތާއެއްގެ ތީމާއި އެއް މާއްދާ އާއި އަނެއްމާއްދާގެ ބައިތައް ގުޅުވާލާނެގޮތް މުދައްރިންސުންނަށް ދަސްކޮށްދިނުމެވެ. އަދި އެއަށް މުދައްރިސުން އަހުލުވެރިކުރުވުމެވެ.

ޑިސެމްބަރު 8 ން 9 އަކަށް ހިންގި މިތަމްރީނު ޕްރޮގްރާމުގައި ކ، ނ، ބ، ޅ، ގެ އިތުރުން ތ، ށ، އަދި ހދ. އަތޮޅު ހިމެނޭހެން 23 މުދައްރިސުންވަނީ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: