ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ ހުޅުވައިދިނުން/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަންސް ސެންޓަރ (ޖަޔޮކް) ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވި މި ސެންޓަރަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިސްޓް ހަމަލާތައް ކުރިމަތިވާ ހާލަތްތަކުގައި ގައުމީ ފެންވަރުގައި އިޖާބަ ދިނުމަށް ހުރިހާ މުއައްސަސާ އެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެވެ.

ޖަޔޮކްގެ މަސައްކަތަކަށް ވާނީ، ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގައިވާ ފަދައިން ޓެރަރިޒަމްގެ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

މިސެންޓަރު ހުޅުވިގެންދިއުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ “ޒީރޯ ޓޮލަރެންސް ޕޮލިސީ” އަށް އަމަލީ ސިފަ ގެންނެވުމަށް ފަށްޓަވައިފައިވާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: