ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 2ގައި ވަގުތީ މިސްކިތެއް ހުޅުވައިފި

ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ 2 ވާނާ ފިޔަފިޔަގާއީ އިމާރަތްކޮއްފަވައިވާ ވަގުތީ މިސްކިތް ހުޅުވައިފިއެވެ.

ޑިސެންބަރ 9 ވަނަ ދުވަހު ހުޅުމާލެ 2 ވާނާ ފިޔަފިޔަގާއީ އިމާރަތްކޮއްފަވައިފާ މިވަގުތީ މިސްކިތް ހުޅުވުމަށްޓަކާ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރސް ޑޮކްޓަރ އިބްރާހީމް ޒާހިރު ވިދާޅުފައިވަނީ، މިމިސްކިތް ބިނާކޮށްފައިވަނީ މިސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކޮށް ދިނުމަށްޓަކައި ކަމަށެވެ. މިމިސްކިތް މިފަހަރު ވަގުތީގޮތުން ބިނާކުރެވުނީ، ކުރިން ބިނާކުރަން ނިންމާފައިވާ ޑިޒައިނަށްވުރެ ތަފާތުކޮށް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މީގެބޭނުމަކީ މިސްކިތަށް ވަންނަ ފަރާތްތަކަށް ފަސޭހަކަމާއިއެކު ނަމާދު ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.

މިސްކިތްތައް އިމާރާތްކުރުމަށް އަދި ދީނީ އަޅުކަންތައްތައް މިސްކިތްތެރޭގައި ހިންގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އިމާރާތްކުރުމުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ބެލެހެއްޓުމާއ، މިސްކިތްތަކުގައި ޤުރުއާން ކިޔެވުމާއި، އަޅުކަން ކުރުމާއި، މިސްކިތްތައް ޒީނަތްތެރި ކުރުންފަދަ ކަންތައްތައް ހިމެނެއެވެ.

މިގޮތުން މިނިސްޓަރ ވިދާޅުވީ، މިސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ފަރާތްތަކުންވެސް މިމިސްކިތަށް އައިސް މިސްކިތުގެ ޖަމާއަތުގައި ބައިވެރިވެގެން ނަމާދުކުރުމަކީ  މިނިސްޓަރގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެއިތުރުން، މިސްކިތްތައް ސާފުތާހިރުކޮށް ބެހެއްޓުމަކީ ވެސް ހެޔޮ ދަރުމަ އާއި ސަވާބު ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: