ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ: ނައިބު ރައީސް

ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރެއްވުން— ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަންފަރުގެ މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި ކަަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި މަގުހެދުމާއި ޞިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންވާކަންކަން ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި ބޭސް ލިބުމުގައި ހުރި ދަތިތަކާއި އެމްބިއުލާންސްގެ ޚިދުމަތް މެދު ނުކެނޑި ލިބުމުގެ މުހިންމުކަމާއި ރަށުގެ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމާއި ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަމާއި ރަށުގެ ތަރައްޤީއަށް ކުރިޔަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން މަޢުލޫމާތު ހިއްސާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެ ރަށުގެ މަގުހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަންމުގައި ވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: