ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒް، ސަރުކާރަށްޓަކައި ކުރާ ޓްވީޓްތަކުން ސަރުކާރުގެ މަގްބޫލުކަންވެސް ގެއްލޭ: އިންތި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށްޓަކައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު އިޔާޒު ކުރައްވާ ޓުވީޓުތަކުން ސަރުކާރުގެ މަޤުބޫލުކަން ގެއްލޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އިޔާޒު ކުރެއްވި ޓުވީޓުތަކަކާ ގުޅިގެންނެވެ.

އެގޮތުން އިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ޙަމީދުގެ ބަދު އަޚްލާޤީ ވީޑިޔޯތަކެއް ލީކުވެފައިވާ ދަނޑިވަޅެއްގައި އޭނާ އަށް ޖޭއެސްސީގެ ރައީސްކަން ދިނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖްލިސްއިން. ކަމަށާއި ބޭނުމަކީ އޭނާގެ ނަގޫފިއްތާފައި ބޭނުން ގޮތަކަށް ފަނޑިޔާރުގެ ތަކަށް ނުފޫޛު ފޯރުވުން ކަމަށެވެ.

އިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި އިންތި ވިދާޅުވީ އިޔާޒަކީ ފޭކު މީހެއް ކަމަށާއި މީގެ ކުރިން ދުވަހަކުވެސް އަލީ ހަމީދުގެ މައްސަލާގައި ކަންބޮޑުވެގެން ދުލުކޮޅުން ހާމަކުރި އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

އިންތި ވިދާޅުވީ އިޔާޒަކީ އެމްޑީޕީއަށް ބޭނުން މީހެއް ނޫން ކަމަށާއި ސަރުކާރަށްޓަކައި އިޔާޒު ކުރައްވާ ޓުވީޓުތަކުން ސަރުކާރުގެ މަޤުބޫލުކަންވެސް ގެއްލޭ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: