ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މެމްބަރު ހުސައިން ވަހީދު ރޭގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން ވަހީދަކީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއްގައި އަދާކުރެއްވި އިހްލާސްތެރި ބޭފުޅެއް ކަމަށެވެ.

”އެމްޑީޕީގެ ވަރުގަދަ ތަނބެއް. މާތްﷲ މަރްހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.” ނަޝީދު ވިދާޅުވިއެވެ.

އާލާސްކަންފުޅުގެ ސަބަބުން ހުސައިން މިދިޔަ އަހަރުގެ ބޮޑު ބައެއްވެސް ހޭދަކުރައްވާފައިވަނީ ރާއްޖެއިން ބޭރުގައި ބޭސްފަރުވާއަށެވެ.

މެމްބަރު ހުސައިން ވަހީދު އަވަހާރަވިއިރު އަތްބަކާއި ތިން ބޭފުޅުން އެބަތިއްބެވިއެވެ.

މެމްބަރުން ހުސައިން އަކީ މީގެކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: