ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

48 ގަޑިއިރުގެ ތެރޭގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަނެފައިވާ ޕެކެޓުތަކުގެ ތެރެއިން ބައެއް ޕެކެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

48 ގަޑިއިރުގެ ތެރޭގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެރޮއިންކަމަށް ޝައްކުކުރެވޭ 91 ޕެކެޓު ފެނިފައިވާ ކަމަށެވެ. އާދިއްތަ ދުވަހުގެރޭވެސް ވަނީ މަސްތުވާތަކެތީގެ 28 ޕެކެޓު އަތުލައިގެންފައެވެ. އެހެންކަމުން 48 ގަޑިއިރުގެ ތެރޭ ޖުމްލަ 119 ޕެކެޓު މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި ބަރުދަނުގައި ޖުމްލަ 119 ކިލޯ ހުންނާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެރޭ ފުލުހުން ވަނީ ޓެކްސީއެއް ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މި 119 ޕެކެޓުގެ ތެރޭގައި ޓެކްސީގެ ތެރެއިން އަތުލައިގަނެފައިވާ ޕެކެޓުތައް ހިމެނޭކަމަށް ބެލެވެއެވެ.

މިފަހަކަށް އައިސް ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންދާ މިންވަރު ވަނީ އިތުރުވެފައެވެ. ފުލުހުންނާއި ހޯމް މިނިސްޓްރީއިން ފާހަގަކުރާ ގޮތުގައި މިއީ ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަވުމުގެ ނަތީޖާއެވެ.

އެހެންނަމަވެސް މިފަދަ ކޭސްތަކުގައި އަތުލައިގަންނަ ނުވަތަ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުސް ސާބިތުނުވެ ޝަރުއީ މަރުހަލާއިން ދޫވެގެން ދިޔުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެއްކަން ފާހަގަކުރެވެއެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: