ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ތެރޭ ގިނަ މައްސަލަތައް ނިންމީ ކޮރަޕްޝަން ނެތްކަމަށް: އޮޑިޓް

އޭސީސީގެ ރައީސް އަދި ނައިބްރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރު ތެރޭ ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ނިންމާފައިވަނީ ކޮރަޕްޝަން ނެތް މައްސަލަތަކުގެ ގޮތުގައިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޕާފޮމަންސް އޮޑިޓްއިން ދައްކައިފިއެވެ.

އޭސީސީގެ ޕާފޮމަންސް އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައިލާއިރު 1 ޖެނުއަރީ 2015 އިން 31 ޖުލައި 2020އަށް ކޮމިޝަންގައި 7113 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު މިމައްސަލަތަކުގެ ތެރެއިން 5476 މައްސަލަ ވަނީ މިމުއްދަތުގެ ތެރޭގައި ނިންމާފައެވެ. އެއީ 77 އިންސައްތައެވެ.

ނިމުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ނިންމާފައިވަނީ ކޮރަޕްޝަންގެ އަމަލެއް ނެތް މައްސަލަތަކުގެ ގޮތުގައެވެ. މިމުއްދަތުގައި އޭސީސީއިން ބެލި މައްސަލަތަކުގެ ތެރެއިން 61 އިންސައްތަ މައްސަލަ ކޮރަޕްޝަންގެ ކުށް އެކުލެވިގެންނުވާ ކޭސްތަކެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކަށް ޖުމްލަ 1634 އެންގުން ވަނީ އަންގާފައެވެ. މިއީ ދައުވާކުރެވޭ މިންވަރަށް ހެކި ނެތްކަމުގައިވިޔަސް ހިންގުމުގެދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަން ހުއްޓުވުމަށް އިދާރީ ހިންގުމުގައި ހުރި ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމަށް އަންގާފައިވާ އެންގުންތަކެވެ.

އޮޑިޓްގައި ފާހަގަކޮށްފައިވާގޮތުން، ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ޕީޖީ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވަނީ އެންމެ އިންސައްތައެއްގެ މައްސަލަތަކެވެ. އަދި ފަސް އިންސައްތަ މައްސަލަ އެހެން އިދާރާއަކަށް ފޮނުވުމަށް ނިންމާފައިވާއިރު 10 އިންސައްތަ މައްސަލަ ވަނީ ނުބަލައި ދޫކޮށްލުމަށް ނިންމާފައެވެ.ޭސީސީ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: