ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެގެ ހައުސިންގ ޕްރޮޖެކްޓްތަކަށް އިންޑިއާގެ އެކްޒިމް ބޭންކް އިން ފަންޑުކޮށްފި

ހުޅުމާލެ ފޭސް 2
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހައުސިންގ ޕްރޮޖެކްޓްތަކަށް އިންޑިއާގެ އެކްޒިމް ބޭންކް އިން 34 މިލިއަން ޑޮލަރު ފަންޑުކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެކްޒިމް ބޭންކް އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓް ގާއިމުކުރުމަށް ރާއްޖޭގެ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑަށް 228 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވެއެވެ.

ނަމަވެސް، ހައުސިން ޔުނިޓުތައް ގާއިމުކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ނޭޝަނަލް ބިލްޑިންގް ކޮންސްޓްރަކްޝަން ކޮމްޕެނީ އަދި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ގުޅިގެން ކަމަށް އާއްމުކޮށްފައިވެއެވެ. މި ދެ ކުންފުންޏަކީ ވެސް ރިއަލް އެސްޓެޓް ތަރައްގީ ކުރުމާއި، އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތް އިންޑިއާގައި އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައި މަސައްކަތް ކޮށްފައިވާ ދެ ކުންފުންޏެވެ.

ހައުސިން ޔުނިޓްތަކުގެ ޑިޒަިންތައް ދިވެހި ސަރުކާރުގެ އިދާރާތަކުން މަޝްވާރާކޮށް ނިންމާފައިވަނީ ތަނަވަސް އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް ރައްޔިތުންނަށް ފޯރުކޯށްދެވޭ ފަދަ ގޮތަކަށެވެ. ހައުސިން ޔުނިޓުގެ ގޮތުގައި 4000 ޔުނިޓު އެޅިގެންދާއިރު، ކޮންމެ ޔުނިޓެއްގައި 3 ކޮޓަރު އަދި 3 ފާހަނާ އެކުލެވިގެންވާނެއެވެ. އަދި 1200 ޔުނިޓުގައި 2 ކޮޓަރި އަދި 2 ފާހަނާ ގާއިމުކުރެވޭނެއެވެ. މި ދެ މަސައްކަތް ކުރިއަށް ގެންދެވޭނީ ތަފާތު ދެ ޕްރޮޖެކްޓްގެ ގޮތުގައެވެ.

ރައްޔިތުންނަށް އަތްފޯރާ ފަށުގަ ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ވަރަށް ބޮޑަށް އަހަންމިއްޔަތު ދޭ ކަމެކެވެ. ހުޅުމާލޭގައި އިތުރު ހައުސިން ޔުނިޓުތަކެއް ގާއިމުކުރެވުމަކީ މާލޭގައި ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި، ބޯހިޔާ ވަހިކަމުގެ މައްސަލަ އަށް ލިބިގެންދާނެ ހައްލެއް ކަމުގައި ސަރކާާރުން ގަބުޅުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: