ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ބައިވެރިވުން އެމްޑީޕީއިން ސިފަކުރީ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި!

ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން / ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެމްޑީޕީ މެމްބަރުން ސިފަކުރައްވައިފިއެވެ.

އެމްޑީޕީ މެމްބަރުން އަންނަނީ އިންޑިޔާ އައުޓް ހަރަކާތުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރި ސައިކަލް ބުރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު އިންޑިޔާ އައުޓް ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަަކަށް އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ޚާއްސަގޮތެއްގައި އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓެއް ރައީސް ޔާމީން ތުރުކުރައްވައިގެން ހުންނެވުމުން އެކަމަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އެކަމުން ދައްކުވައިދެނީ އެމަނިކުފާނު ވެއްޓިފައިވާ ދަށު ދަރަޖަކަމަށެވެ. އަދި އިންޑިޔާ އައުޓް ޓީޝާޓެއް ބޭނުންކުރައްވައިގެން މިފަދަ ހަރަކާތެއްގައި ބައިވެރިވެފައިވާތީ އެކަމަށް ވަނީ ފާޑުވިދާޅުވެފައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިޔާ އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. ޒަމާނުއްސުރެ ދިވެހިން ހަނޑޫ، ހަކުރު އަދި ފުއް ގެންނަ ގައުމަކީ އިންޑިޔާ ކަމަށާއި މިއީ ޒަމާންވީ ގުޅުމުގެ ކުޑަ މިސާލެއްކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ކުރީގެ ރައީސަކު އިންޑިޔާ އައުޓް ޖަހައިގެން އެންމެ އަވަށްޓެރި ގައުމާއި ދެކޮޅުވެރިވާން އުޅުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިންޑިޔާ އައުޓް ކެމްޕެއިން ޑްރަގް ޓްރެފިކް ކުރުމާއިވެސް ގުޅުވާފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރިއާއި ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނެކަމެއްކަމަށް ވިދާޅުވެފައެވެ. އަދި މިރާއްޖޭގެ ހަގީގީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ގައުމެއްކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. 

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އިންޑިޔާ ކަނޑާއި ރާއްޖޭގެ ކަނޑުގެ ސަލާމަތަށް އިންޑިޔާއާއި ރާއްޖޭގެ ގުޅުން މުހިންމުކަމަށް ވިދާޅުވެފައެވެ. އިންޑިޔާއާއި ރާއްޖެއާއި ދެމެދު ގާތް ގުޅުމެއް އޮންނަން ނުރުހޭނެ ބަޔަކީ ވަގުފާރިއާއި ޓެރަރިޒްމް ފަދަ ކުށްތަކަށް ވާގިދޭ މީހުން އެކަނިކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: