ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އަހަރީ ސޭލް ކުރިޔަށް ދަނީ: ބޮޑެތި އިނާމުތަކާއި، ޑިސްކައުންޓު!

އެސްޓީއޯގެ ސޭލް ފެށިގެން ކުރިޔަށް ދަނީ/ ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުންޏަށް 57 އަހަރު ފުރުން ފާހަގަކުރަން ”އެސްޓީއޯ އަހަރީ ސޭލް“ ގެ ނަމުގައި އެއް ދުވަހުގެ ބޮޑު ސޭލް ފަށައިފި އެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ސޭލް އަކީ ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާ އެއް ދުވަހެއްގެ ސޭލް އެކެވެ.

މި ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައެވެ.

އެސްޓީއޯ އިން ކުރިއަށް ގެންދާ މި ސޭލް ގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ފިހާރައިން 15 އިންސައްތަ އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދަަނެއެވެ. އެއީ އޭސީނޫން އެހެން ހުރިހާ މުދަލަކުންނެވެ.

އަދި ސުޕާމާޓު ފިހާރައިން 5 އިންސައްތަ ޑިސްކައުންޓް ލިބިގެންދާއިރު އެސްޓީއޯގެ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

މި ސޭލްގެ ތެރެއިން ގްރޭންޑއ ލަކީޑްރޯއެއް ކުރިއަށް ގެންދާ އިރު، ނަސީބު ވެރި ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރ އެއްލިބިގެންދާނެއެވެ.

މީގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ެިން ވިޔަފާރި ކުރާ ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗި ޓީވީއެއް ކަަމިޔާބުކުރުމުގެފުރުސަތު ވެސް ވަނީ ހުޅުވާލެފިއެވެ. އަދި އެސްޓީއޯ ސުޕަރމާޓް އިން ކޮންމެ 57 ވަނަ ކަސްޓަމަރެގެ ބިލް މުޅިންހި ލޭ ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: