ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްއެންޕީން ވާދަ ކުރަނީ!

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާސް މުޙައްމަދު ނާޒިމް / ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންސްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކެނޑިޑޭޓެއް ނެރޭނެކަމަށް ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރަގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ކޮމަނޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންސްގައި އެމްއެންޕީގެ ފަރާތުން ވާދަ ކުރާނެކަން ހާމަ ކުރައްވައި ކާނަލް ނާޒިމް ވިދާޅުވީ ޕާޓީގެ ޕްރައިމެރީރީގައި ވާދަކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ފޯމު ހުށަހެޅުމާއި ގުޅޭގޮތުން އެމްއެންޕީން ބުނީ ދާއިރާއަށް ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕާޓީގެ އޮފީހަށް 23 ޑިސެންބަރ 2021 ގެ 05:00 ގެ ކުރިން ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަ ކުރުމަށް ސިޔާސީ ޕާޓީތަކުން ތައްޔާރީތައް ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން ފެބްރުއަރީ 05 ގައި އޮންނާނެ ކަމަށެވެ. އިންތިހާބުތަކާއި ބެހޭ ގާނުނު ބުނާ ގޮތުން، ދައުރުގެ މެދުތެރެއިން ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި، އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: