ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށި ޕިކްނިކް އައިލަންޑްގެ ބިން ހިއްކާ ނިމިއްޖެ

އެމްޓީސީސީއިން މާފުށި ޕިކްނިކް އައިލަންޑްގެ މަސައްކަތް ކުރިއަށްގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށި ޕިކްނިކް އައިލަންޑްގެ ބިން ހިއްކާ ނިމިއްޖެއެވެ.

މަޝްރޫއު ކުރިއަށްގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެެވެ. މި މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

އެމްޓީސީސީއިން މާފުށި ޕިކްނިކް އައިލަންޑްގެ މަސައްކަތް ކުރިއަށްގެންދަނީ

މާފުށީ ޕިކްނިކް އައިލަންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިމިވަނީ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައެވެ. މާފުށި އައިލަންޑް ޕިކްނިކް ސައިޓް މޮބިލައިޒްކޮށްފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.

މިއީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކާ ތިން ވަނަ މަޝްރޫއެކެވެ. އެމްޓީސީސީން ވަނީ ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ހިއްކާފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީއިން އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ޕިކްނިކް ދިޔުމަށް މީގެ ކުރިން ޚާއްސަކޮށްފައިވަނީ ކުޑަ ބަނޑޮހެވެ. އެހެންނަމަވެސް އެރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ސަބަބުން މިވަގުތު މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ވަކި ޚާއްސަ ރަށެއް ނެތެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާނެ ވަކި ޚާއްސަ ރަށެއް ކަނޑައެޅުމަކީ މިސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭ ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ އެވައުދު މިހާތަނަށް އައިއިރު ފުއްދިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: