ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން އިންޑިޔާގައި އުޅޭ ދިވެހިންނަށް ނުރައްކާވެދާނެ: ފޮރިން

ފޮރިން މިނިސްޓަރ ޝާހިދާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާތް ގުޅުންތައް އޮންނަ ގައުމުތަކާއިމެދު ނަފްރަތު އުފެދޭގޮތަށް ވާހަކަދައްކާނަމަ، ބޭރު ގައުމުތަކުގައި އުޅޭ އެހެން ދިވެހިންނަށް ނުރައްކާވެދާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާއާއި ރާއްޖެއާއި ދެމެދު ނަފްރަތު އުފައްދައި ދޮގު މައުލޫމާތު ފެތުރުމަށް ކުރާ މަސައްކަތާއިމެދު މިނިސްޓްރީއިން ކަންބޮޑުވާ ކަމަށެވެ. މަދު ބަޔަކު ކުރާ މަސައްކަތުގެ ސަބަބުން ރާއްޖެއާއި އެންމެ ގާތް ގައުމާއި ގުޅޭގޮތުން މިފަދަ ވާހަކަތައް ދެކެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިންއަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަކީ ސަރުކާރުން ގަބޫލުކުރާ ސިޔާސަތެއް ކަމަށެވެ. އެހެންނަމަވެސް އެމިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ދަށުންކަމަށް މިނިސްޓްރީއިން ބުނެއެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދައި ދޮގު ތުހުމަތުތައް ކުރުމަކީ އަވަށްޓެރި ގާތް ގައުމުތަކާއި އޮންނަ ގުޅުން ހީނަރުވުމުގެ އިތުރުން އެގައުމުތަކުގައި އުޅެމުންދާ ދިވެހިންނަށްވެސް ކުރިމަތިވާނެ ނުރައްކަލެއްގެ ގޮތުގައި މިނިސްޓްރީއިން ވަނީ ސިފަކޮށްފައެވެ.

މިނިސްޓްރީއިން  ބުނީ ގާތް ގައުމުތަކާއި ބާއްވާ ގުޅުމަކީ ދެ ގައުމުންވެސް އެއްބަސްވެ ގާއިމްކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން އޮންނަ ގުޅުންތަކެއް ކަމަށެވެ. އަދި އެފަދަ ގުޅުންތައް ގާއިމްކުރަނީ ހެދިފައިވާ ގާނޫނުތަކާއި މުއާހަދާތަކާއި ހިލާފްނުވާ ފަދަ ގޮތަކަށްކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިއިން އެއްވެސް އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާފަދަ އެއްބަސްވުންތަކެއް ނޫންކަމުގެ ޔަގީންކަންވެސް މިނިސްޓްރީއިން ވަނީ ދީފައެވެ. އަދި މިއެއްބަސްވުންތައް ހަދާފައިވަނީ ރައްޔިތުންނަށް ފައިދާވާނެ ފަދަ ގޮތަކަށްކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ބަޔާން ނިންމާލަމުން ވަނީ ދޭދޭ ގައުމުތަކުގެ ގުޅުންތަކަށް ބުރޫ އަރާފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށްގެންދާ އިންޑިޔާ އައުޓް ހަރަކާތް އަންނަނީ ވަރިގަދަ ކުރަމުންނެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންވެސް މިކެމްޕެއިންގެ ޓީޝާޓްތައް ތުރުކުރައްވައިގެން އަތޮޅުތެރެއަށް އިންޑިޔާ އައުޓް ކެމްޕެއިން ފުޅާކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

ރައީސް ޔާމިން މިކެމްޕެއިން ލީޑްކުރައްވަން ނުކުމެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް ޔާމީނަށް އަމާޒުވެފައެވެ. އަދި ހުސްވި ހަފްތާގެ ތެރޭގައި އިދިކޮޅުން ބާއްވަން މަސައްކަތްކުރި ސައިކަލް ބުރަށްވެސް ފުލުހުން ވަނީ ހުރަސް އަޅައި އެކަންވެސް ވަނީ ހުއްޓުވާފައެވެ.

ރާއްޖޭގައި އިންޑިޔާ ސިފައިން އެބަތިބިކަން މިހާރު ވަނީ ޔަގީންވެފައެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިޔާ ސިފައިން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: