ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ގޮވާ މީހުންގެ ކަންފަތް މަތީ ޖަހައި ވިޔަސް އެކަން ހުއްޓުވަން ޖެހޭ: ފަލާހު

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާއާއި މެދު ނަފްރަތުގެ އަމަލު ހިންގުމަށް ކުރިޔަށް ގެންދާ ހަރަކާތާތްތައް، އެފަދަ މީހުންގެ ކަންފަތް މަތީ ޖަހައި ވިޔަސް ހުއްޓުވަން ޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު އެމްޑީޕީން ބޭއްވި މާލޭގެ ދާއިރާތަކުގެ ބައްދަލުވުމުގައި، ފަލާހު ވިދާޅުވީ މިއީ ތަހުޒީބުވެފައިވާ ގައުމަކުން ފެނިގެން ވާނެ އަމަލެއް ނޫން ކަމަށެވެ. ރައީސް ޔާމީން ހިންގަވަނީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކޮށް ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ކުރިއަރާފައިވާ ވިސްނުމެއްގެ ހުރި ބޭފުޅެއް ނަމަ މޭމަތީ ބޮޑު އަކުރުން އިންޑިއާ އައުޓް ޖައްސަވައިގެން ނުހުންނަވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ބޮޑު ގެއްލުމެއްކަމަށާއި، ރައީސް ޔާމީނަކީ އަބަދުވެސް ދުނިޔޭގެ ގައުމުތަކާއި އެކަހެރިވެގެން މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ކޮމަންވެލްތުން ވަކިވާން ނިންމެވި ނިންމުމުގެ ސަބަބުން އެތައް ޒުވާނެއްގެ މަތީ ތައުލީމު ފުރިހަމަ ކުރުމަށް ލިބެމުން ދިޔަ ލޯނުތަކަށް ހުއްޓުމެއް އައިކަމަށް ފަލާހު ވިދާޅުވި އެވެ. ކުޅިވަރުގެ އެތައް ޒުވާނުންނަށް ގެއްލުންތަކެއް ވިކަމަށް ފަލާހު ވިދާޅުވި އެވެ.

“ރައީސް ނަޝީދު ވިދާޅުވިހެން އިންޑިއާ އައުޓެކޭ ނުގޮވޭނެ… އެ ގޮވާކަމަށް ވަންޏާ މީހެއް ވެއްޖެއްޔާ އަޅުގަނޑުމެން ޖެހޭނެ އެ މީހެއްގެ ކަންފަތް މަތީ ޖަހަން ވެސް. އެ ނޫން ގޮތަކަށް ނުހުއްޓުވޭނެ… އެއީ އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތަކާއި ގުޅުން ހުރި ކަމެއް” ފަލާހު

ފަލާހު ވިދާޅުވީ ދިވެހި ގައުމަށް ލިބޭ ކޮންމެ ދެރަ ނިކަމެއްތިކަމެއްގެ ތެރެއިން އެހީވާން އެންމެ ކައިރީގައި އޮތީ އިންޑިއާ ކަމަށެވެ.

މީގެ އިތުރުން ފަލާހު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އިންޑިއާ އައުޓް ނުގޮވޭނެކަމަށް ފާސް ކުރަން ވެސް ގޮވާލާ ފައެވެ.

އެމްޑީޕީން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެމަނިކުފާނު ވެސް ވަނީ، ރައީސް ޔާމީން އިސްވެ ހުންވައި ކުރިޔަށް ގެންދާ، އިންޑިއާ އައުޓް ފުލުހުން ނެރެގެން ވިޔަސް ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވިއިރު، އިދިކޮޅުން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ އިންޑިއާ އައުޓަށްވާއިރު، މިނިވަންވެވަޑައިގެން ބައިވެރިވި އެންމެ ފުރަތަމަ ޖަލްސާގައި ވެސް ރައީސް ޔާމީން ގޮވާލީ ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށެވެ. މާލޭގައި ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު، ކ އަތޮޅަށް ވަޑައިގަތީ “އިންޑިއާ އައުޓް” ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއްގަ އެވެ. އަދި އެ ރަށުގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގެ ތިބެން ގިނަ ދިވަހިން ދެކޮޅު ކަމަށާއި އެކަން މިއަދު ރާއްޖޭގެ ގިނަ ރަށްތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: