ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމަށް އޮތް ލަދުވެތިކަމެއް: ރޮޒެއިނާ

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަނުން ހިންގާ ’އިންޑިއާ އައުޓް‘ ކެމްޕެއިނަކީ މުޅި ގައުމަށް ހުރި ލަދުވެތި ކަމެއް ކަމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޓްވީޓަރގައި އާއްމުކުރި ޕޯސްޓެއްގައި މެމްބަރު ވިދާޅުވެފައިވަނި އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނަކީ މުޅި ގައުމަށް ހުރި ލަދުވެތިކަމެއް ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަމުގައި ބައިވެރިނުވާ އެތައް ޒުވާނުންނެއް މި ކެމްޕެއިނުގެ ސަބަބުން ލަދު ގަންނަން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި މީގެ ކުރިން ވެރިކަން ކޮށްފައިވާ ރައީސަކު، އާއްމުންގެ ތެރެއަށް ނިކުމެ މިފަދައިން ކެމްޕެއިން ކުރުމުގެ ނިޔަތަކީ އަމިއްލަ ސިޔާސީ ފައިދާއަށް ކުރާ ކަމެއް ކަމުގައި ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ލިޔެފައިވާ ޓީޗާޓެއްގައި، އިންޑިއާއިން އަޅާދީފައިވާ ހޮސްޕިަތަލަކަށް ވަދެ، އިންޑިއާގެ ނަރުހެއް ނުވަތަ ޑޮކްޓަރެއްގެ އަރިހުން ސިއްހީ ހިދުމަތް ހޯދުމަށްފަހު ޖެހިގެން އަންނަ ދުވަހު އިންޑިއާ ޓީޗަރުން ކިޔަވައިދޭ ސްކޫލަކަށް ކުދިން ފޮނުވާ ކަމުގައި ރޮޒެއިނާގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

ބަލި ހާލަތު ގޮސްވުމުން އެންމެ އަވަހަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރާ އިރު، އިންޑިއާ އައުޓް ގޮވުމަކީ ހަޑި ހުތުރު ކަމެއް ކަމުގައި ރޮޒެއިނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގައުމުގެ މިނިވަން ކަން ނިގުޅައިގަތުމަސް އެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށް ޓްވީޓުގައި ލިޔެފައިވާއިރު މިނިވަންކަން ދެމެހެއްޓުމަށް އެންމެހާ ރައްޔިތުން ތެދުވާނެ ކަމަށްވެސް ލިޔެފައިވެއެވެ. ރޮޒެއިނާގެ ޓްވީޓުގައި އެހީ އަށް ބޭނުންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުން ފިޔަވައި ގެއްލުން ލިބޭ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ގައުމަކާއި ދެކޮޅަށް ރައީސް ޔާމީނު ނުކުތުމަކީ ސިޔަާސީ މަގްސަދެއް އޭގައި ހިމެނޭ ކަމެއްކަމަށް ލިޔެފައިވެއެވެ.

ރައީސް ޔާމިނަށް ދެގައުމެއްގެ ދެމެމދު އަސްކަރީ ގުޅުން އޮތުމާއި ހާރިޖީ ގުޅުމުގެ ތަފާތު އެނގިވަޑައިގަންނަވާއިރު އަސްކަރީ ޔުނިފޯމުގައި ހުރި ކޮންމެ ސިފައިންގެ ބޭކަލަކު ’އެޓޭކް‘ ނުކުރާނެކަން ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޓްވީޓު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: