ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ވާގޮތުން ކޮންމެ ރައްޔިތަކީވެސް ވެރިއެއް: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ވާގޮތުން ކޮންމެ ރައްޔިތަކީވެސް ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.

ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް ކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީތަކުގައި ވަކި ޒިންމާތަކެއް ވާކަމަށް ބޮންޑޭ ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ފެތުރޭގޮތަށް ނުވަތަ ޑިމޮކްރަސީއެއް ހިފާ، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ވާގޮތުން ކޮންމެ ރައްޔިތަކީވެސް ވެރިއެއް ކަމަށް ބޮންޑެ ވިދާޅުވެފައިވެއެވެ. 

ނަމަވެސް އެއާއި އިދިކޮޅު ނިޒާމެއްގައި މިވަނީ އެންމެ ވެރިއެއް ކަމަށްވާއިރު މިހާލަތުގައި ހިންގާ ކަންކަމުގެ ސަބަބުން ޕީޕީއެމްއަށް ކުރާނެ ފައިދާއެއް ނުފެންނަ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ. އަދި މި ގައުމަށްވެސް ކުރާނެ ފައިދާއެއް ނުފެންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

“ސިފައިންނަކީ ހަތިޔާރު އަޅައިގެން ތިބޭ ބައެއް. އަބަދުވެސް ދިވެހި ރާއްޖެއަށް މަނަވަރުފަހަރަކީ އަންނަ އެއްޗެއް. ބޮޑެތި ސިންގާ މަނަވަރުފަހަރުތައް އެއޮންނަނީ ހުރިހާ ހަތިޔާރަކާއިއެކު ބަނދަރުމަތީ، ފުލުސް އޮފީހާ ދިމަލަށް އެއޮންނަނީ އަޅާލާފަ” ބޮންޑެ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ އައުޓް ކިޔާ ފަދައިން އިންޑިއާ މީހުންވެސް ދިވެހި ސިފައިން އައުޓް ކުރާ ވާހަކަ ދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބޮންޑެ ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން އިންޑިއާގައި އެކިއެކި ތަމްރީން ތަކުގައި ރާއްޖޭގެ 100 އެއްހާ މީހުން އުޅޭނެ ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވެސް ވަނީ މިދޭތެރެއަކު އިންޑިއާއަށް ވަޑައިގެން ރަސްމިއަޔާތު ޝަރަފްވެރި ކޮށްދެއްވާފައެވެ. ރާއްޖެއިން އިންޑިއާ އައުޓް ގޮވާ އަދި އިންޑިއާއިން މޯލްޑިވްސް އައުޓް ގޮވަން ފަށައިފިނަމަ މިކަމަކަކީ މީ ޑިމޮކްރެޓީކް ހަރަކާތެއް ނޫންކަމަށާއި ރައްޔިތުންނަށް ކުރާނެ ފާއިދާއެއް ނެތް ކަމަށް ވެސް ބޮންޑެ ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ބޮންޑެ ވިދާޅުވީ، ސިޔާސީ ޕާޓިގެ ދަފްތަރަށް ބަލާއިރު ޕީޕީއެމްގައި 37،000 މެންބަރުން މިހާރު ހިމެނޭނެއެވެ. އަދި ދިވެހި ރާއްޖޭގައި 190 މެންބަރުން ހިމެގިގެންދާއިރު، ރާއްޖޭގެ ކޮންމެ ރަށެއްގެ 10 އިންސައްތަ ހަރަކާތައް ބަލާއިފި ކަމުގައި ވީނަމަވެސް 37،000 މީހުން އެކި ރަތްރަށުން ޖުމްލަކޮށް ހަރަކާތްތެރިވަނުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: