ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ގެއްލުނު މައްސަލަ ބެލުމަށް އެކަންކުރި މީހުން ތިބުން ހަމައެއްނުޖެހޭ: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ މާލިއްޔަތުން ގެއްލުނު ފައިސާގެ މައްސަލަ ބެލުމަށް، އެ ހިޔާނާތް ހިންގި މީހުން ތިބުމަކީ ބުއްދި ހަމަޖެހޭ ވާހަކައެއް ނޫންކަމަށް މާފަންނު މެދު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ މަސްލަހަތާއި ގުޅުން ހުރި، އެމްޑީޕީގެ އެތެރޭގެ މަސައްކަތް ކުރާތަނަކަށް ވެގެން ނުވާނެކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުންތަކަށް ޕާޓީ މަސައްކަތް ކުރަން ނުޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމްޑީޕީ އޮންނަން ޖެހޭނީ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ރިޔާސަތުން އަލުން ކޮމިޓީތަށް އެކުލަވާލަން ޖެހޭ ކަމަށާއި ރައްޔިތުންގެ މާލިޔަތާއި ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަމަށް ރަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން އަނބުރާ މަޖިލީހަށް ވައްދާފައިވާއިރު ފާއިތުވި ބުދަ ދުވަހު ކޮމިޓީތަށްވެސް އަލުން އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެ ކޮމިޓީތަށް އެކުލަވާލިއިރު ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދެއްވައި، އެޕާޓީގެ ލަފައާއި އެކު ފާސްކޮށްފައި ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ތިބޭ ބަޔަކަށް ސަރުކާރުގެ މައްސޫލިއްޔަތުތައް އަދާކުރާ ކޮމިޓީއާއި އަދި މާލިޔަތާއި ބެހޭ ކޮމިޓީގެ މުގައްރިރުކަން ދިނުމަށްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވޯޓު ދެއްވާ އެ ވޯޓާއި އިދިކޮޅަށް އެ ކޮމިޓީތަށް އެކުލަވާލައިފައިވާއިރު އަލުން ކޮމިޓީތަށް އެކުލަވާލަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އަލަށް އަންނަ ސަރުކާރެއް ޖަވާބު ދާރީ ކުރުވަން ބަޔަކު ތިބެންޖެހޭ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ސަރުކާރުގެ މެންބަރުން ކޮމިޓީތަކުގައި ނުތިއްބަވާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ރަނގަޅު ކުރުމުން އަލުން ސަރުކާރުގެ މެންބަރުން  ކޮމިޓީތަކަށް ވަދެ ތިބިކަމަށާއި ރިޔާސަތުން އެކަން ބައްލަވައި ރަނގަޅުކުރައްވަން ޖެހޭކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކުރާނެކަމަށް އެމްޑީޕީން ބުނެފައިވާ ވާހަކައަށް މަރުހަބާ ކިޔާކަމަށެވެ. އެކަމަކު ރައީސް ނަޝީދާ ޒާތީ ގޮތުން ޖައްސާލައިގެން ކުރާ އެއްވެސް ކަމަކީ އެއީ ފައިދާ ހުރިކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ގަރާރުތަކުގައިވެސް ވަކި ގޮތްތަކެއް އޮންނަކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ ގަރާރެއް ފާސް ނުވުމުން މަޖިލީހަށް ވައްދާ ނެރުމަކީ އެއީ ޑިމޮކްރެސީގެ މުޖުތަމައުގައި ކަން ހިނގާ ގޮތެއް ނޫންކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަ އަލުން މަޖިލީހަށް މިހާލަތުގައި ވެއްދުމަކީ ރައްޔިތުންވެސް ގަބޫލުކުރައްވާނެ ކަމެއްކަމަށް ނުބެލޭކަމަށް ރަޝީދު ވިދާޅުވިއެވެ. ވެރިކަން ބަދަލުވާ މަރުހަލާގައި އަލުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ހަލަބޮލިވެގެން ދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: