ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1443 ވަނަ އަހަރު ހައްޖަށް ދިޔައީ 458 މީހުން: އިސްލާމިކް މިނިސްޓަރ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

1443 ވަނަ އަހަރުގެ ހައްޖުދަތުރުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައިވަނީ 458 ހައްޖުވެރިން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖުކޯޕަރޭޝަނުން ހައްޖުދަތުރުގައި ހައްޖަށް ގެންދިޔަ މީހުންގެ ޖުމްލަ އަދަދާއި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން ހައްޖަށްދިޔަ ހާޖީންނާއި އޮފިޝަލުންގެ އެހީތެރިންގެ ގޮތުގައި ހައްޖު ދަތުރުގައި ބައިވެރިވި މީހުންގެ އަދަދު އަމިއްލަ ފަރާތްތައް ހިމެނޭ ހެން ހޯދުމަށް އެދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އާ ވަނީ ސުވާލުކޮށްފައެވެ.

ޑރ ޒާހިރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހިމެނެނީ ކުންފުނިން ގެންދިޔަ ހައްޖުކިއުގައި ހިމެނޭ 241 ފަރާތެއް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެންގި އެންގުމާއެއްގޮތަށް އާއްމުކޮށް ހުޅުވާލައިގެން ގުރުއަތުން ހޮވުނު 100 މީހުންނާއި، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ގެންދިޔަ 76 މީހަކާއި އެހީތެރިންނާއި އޮފިޝަލުންގެ ގޮތުގައި ބައިވެރިވި އޮފިޝަލުންގެ އިތުރުން ކުންފުނީގެ ބޭރުން ގެންދިޔަ 27 އެހީތެރިން ކަމަށް ވެސް ޑރ އަހުމަދު ޒާހިރު ވިދާޅުވިއެވެ.

1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި އަމިއްލަ ގޮތުން ފައިސާ ދައްކައިގެން އެއްވެސް ފަރާތެއް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގެންގޮސްފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: