ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ނަފްސާނީ މައްސަލައެއް ސިޔާސި ގޮތުން ފާހަގަކުރެވުނީ ބަގާވާތް ކުރި ދުވަހު: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު ނަފްސާނީ މައްސަލައެއް ސިޔާސީ ގޮތުން ފާހަގަ ކުރެވެނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް،  ނަަފްސާނީ ސިއްހަތާއި ގުޅޭ ހިދުމަތްތައް ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން ހިދުމަތް ލިބޭނެ އިންތިޒާމް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން  އިބްރާހިމް ރަޝީދު ވިދާޅުވީ އެދުވަހުއްސުރެ މިއަދު މިވަނީ ނަފްސާނީ ވެފައި ކަމަށެވެ.

މިއަދަކީ ބަޣާވާތުގެ ދުވަސް، އެ ބަޣާވާތުގެ ދުވަހު މިއޮތީ ހުށަހަޅާފަ، ބަޣާވާތުގައި އިސްކޮށްހުރި ރައްޔިތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ވަދެ ހިފައިގެން މިތަނަށް ވަޑައިގެން ބޭފުޅާ މިއޮތީ ހުށަހަޅާފަ މެމްބަރު މިހާރު. ކުރީގަ އަޅުގަނޑަކަށް ނޭނގެ ޕޮލިސް ކޮމިޝަނަރު ކަމެއް. ކޮންމެވެސް މަގާމެއްގައި ހުންނެވީ.

ބަޣާވާތް ކުރި ދުވަހުން ފެށިގެން ރާއްޖެވަނީ ސިޔާސީ ގޮތުން ނަފްސާނީ ވެފައި ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެ ބަލިމަޑުކަމުން، އެނަފްސާނީ ބަލިމަޑުކަމުން މަސްހުނި މޮޑެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިތާތެރޭގައި. މި މަޖިލިސް ތެރޭގައި ވެސް އޮތީ އަދި މުޅި ރާއްޖޭގައި ވެސް އޮތީ ހަމަ އެ ވަބާ. އެ ނަފްސާނީ މައްސަލަތައް އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ.

އިބްރާޙިމް ރަޝީދު ވިދާޅުވީ ޑިމޮކްރަސީ އާއި ދިމާލަށް ދަތުރުކުރާއިރުގައި ބަގާވާތުގެ ސަބަބުން ކޮށްފައިވާ އަސަރުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައި ބަގާވާތުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަން ފޯރާފައިވާ ކަމަށެވެ.

އަޅުގަނޑު މި  މަޖިލީހުގައި ވޯޓެއް ދިނީ، ނުވަތަ ވިޕްލައިނާ ދެކޮޅަށް އަޅުގަނޑު ހުށަހެޅީ ދައުލަތުގެ ހަރަދުތަކާ ގުޅޭގޮތުން، ފާއިތުވީ އަހަރު ހުށަހަޅާފައިވާ ބަޖެޓް، އެ ބަޖެޓްގައި ތަފްސީލެއް ނެތް އަދަދުތަކެއް ފާހަގަ ކުރެވޭތީ އަޅުގަނޑު ހުށަހެޅި މައްސަލައެއް. އެމައްސަލައާއި ދެކޮޅަށް ޕާލިމެންޓަރީ ގްރޫޕުން ނެރެފައި އޮތް ވިޕްލައިނެއް އެއީ. އެވިޕްލައިނާ ދެކޮޅަށް އަޅުގަނޑު ވޯޓް ދިންކަމަށް ވަނީ. ކިހިނެތްތޯ އަޅުގަނޑު ހުށަހެޅި މައްސަލަ އަކާ ދެކޮޅަށް އަޅުގަނޑު ވޯޓްދޭނީ؟ އަޅުގަނޑު މައްސަލައެއް ހުށަހެޅީ ފޯދަ ރިކޮމެންޑޭޝަން. އަޅުގަނޑުވީ އަނެއްކާ ވިޕްލައިން ނެރުނީމަ އެވިޕްލައިނާ ދެކޮޅަށް ވޯޓްދޭން. އެ ދެމައްސަލަ އާއި  އެދެވޯޓާއި އަދި އެކްސްޕޯޓް ކުރަން އެހުށަހެޅި މައްސަލައާ ގުޅިގެން މިހާރު މިއޮތީ ފިޔަވަޅުތަކެއް އަޅާފަ. އެހެންވީމަ މި ފުރަތަމަ ބަލިމަޑުކަން ފިލުވާލަން ޖެހެނީ އަޅުގަނޑުމެންގެ ތެރެއިން.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ބަލިމަޑުކަމަކީ ބަޣާވާތުގެ ތެރެއިން އައިސްގެން އުޅޭ ބަލިމަޑުކަމެއް ކަމަށް އިވްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެއްބަޔަކު އަނެއް ބަޔަކަށް، ތިމާމެން މާ ބާރުގަދަ ބައެއް ކަމަށް ވެގެން އަދިވެސް މިއުޅެނީ އޭގެތެރެއިން ނުނެއްޓިގެން. މި ނަފްސާނީ މި މައްސަލައާއި ގުޅިގެން، އަޅުގަނޑު އެދެން ހަމަ ހުރިހާ މެމްބަރުން މި މެންޓަލް ހެލްތާއިބެހޭ ގޮތުން ޓެސްޓުކޮށް ކޮންކަހަލަ މައްސަލައެއްްތޯ މިއުޅެނީ ބަަލަން.

އެމްޑީޕީތެރޭގައި ވަރަށް ބޮޑު މައްސަލައެއް އުޅޭ ކަމަށާއި  އެކަމަކީ ގޮތް ދޫނުކުރުމާއި ބޮޑާ ކަމާއި އެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އޭނައާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު މިތާ ތަމްސީލް ކުރަނީ ރައްޔިތުން. އަޅުގަނޑު ދިނީ ރައްޔިތުންގެ ވޯޓެއް. އަޅުގަނޑު މައާފަށް އެދެން އެބައޮތް އަންގާފަ. އަޅުގަނޑު ނުދެނަހުރިން އަޅުގަނޑު މައާފަށް އެދެން ޖެހޭނެ ކަމަކަށް. ހަގީގަތުގައި ރައްޔިތުން މައާފަށް އެދޭށޭ ކިޔާފަ އެބުނީ. ތިމަންނާމެން މިތާނގައި ކުރާ ކަންތައްތަކާ ވާހަކަ ނުދައްކާށޭ. އަދި ބަޖެޓާ ބެހޭގޮތުން، ތަފްސީލާ ބެހޭގޮތުން އޮޅުން ނުފިލުވާށޭ. ތިމާމެންނަކީ މާގަދަ ބައެއް ކަމަށް އަދި ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ބައެއް ނޫންކަމަށް އެބަ ބުނޭ. މީ ބަޣާވާތުގެ މައްސަލަ މިއުޅެނީ.

އިބްރާޙިމް ރަޝީދު ވިދާޅުވީ ބަޔަކު އަމިއްލަ އަށް ފައިސާ އާއި ނުފޫޒް ބޭނުންކޮށްގެން ތިމާމެން ހޮވިގެން އެހެން މީހުންގެ މައްޗަށް އަމުރު ކޮށް ރައްޔިތުން ނިކަމެތި ކުރަމުން ދާ ބައެެއް ފެންނަމުންދާ ކަމަށެވެ. ވުމާއެކު ސަރުކާރުން ގާއިމްކުރަމުންދާ މެންޓަލް ހެލްތު ޑިޕާޓްމެންޓަށް އެފަދަ މެމްބަރުން ގެންދަން ފެންނަ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: