ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ގޮއްވި ހުރިހާފަހަރަކު އެކަން ސަރުކާރަށް އެނގޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ސިލްސިލާކޮށް ބޮމުގެ ހަމަލާ ރާވައި އެކަން ކުރިކަން ސަރުކާރަށް އެނގޭނެ ކަމަށާއި އެކަން ސާބިތުކޮށްދެވިދާނެ ކަމަށް މޭ ހައެއްގައި ބޮމުގެ ހަމަލާ އަމާޒުވި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ރައީސް ނަޝީދުގެ ބޮމުގެ ހަމަލާގައި ބައެއް ވާހަކަތައް ނޭނގޭ ކަމަށް ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެކަން އެމަނިކުފާނަށް މެމްބަރު ރަޝީދަށް ސާބިތު ކޮށްދެވިދާނެ ކަމަށެވެ.

އަޅުގަނޑަށް އިއްޒަތްތެރި މެމްބަރަށް ޔަގީންކޮށްދެވިދާނެ. މޭރީ ބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބަހައްޓައި އަޅުގަނޑު މަރާލަން އުޅުނު ކަމާއި، ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ، އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އެނގިފައި.

އިބްރާހިމް ރަޝީދު ވިދާޅުވީ އެކަމަކީ ( ބޮން ގޮއްވާލުމަށް މަސައްކަތް ކުރިކަމަކީ) ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ރާއްޖެއަކީ ގަސްތުގައި ގާތް އެކުވެރިންނާއި ރައްޓެހިންނާއި ނުވަތަ ތިމާގެ މީހުން ކަނޑުފައްތާ މަރައި އެހުރިހާ ކަމެއް ކުރި ގައުމެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެހެން ކަމުން އެތާރީހު ތަކުރާރުވަމުން މިއަދު ދާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި  ގުޅުވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް ވަނީ އިންތިހާއަށް ނުރައްކާތެރިވެފައި ކަމަށެވެ.

މާލޭގެ މަޖީދީ މަގު މެދުގައި ރަމަޟާން މަހެއްގެ ރޭގަނޑު 8.30 ހާއިރު ބޮމެއް ގޮވައި އެބޮން ގޮވުމުގެ ކުރިން އެ މައުލޫމާތު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ލިބިފައި. އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިއްޒަތްތެރި ރައީސް، މިތަނުގައި 241 ކޮމިޓީން ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ހިންގި އިންކުއަރީގައި ސާފުކޮށް އެބައޮތް އެނގެން ކެނެރީގެ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާފައި އެ ސައިކަލުގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެ ވަޑައިގަންނަވާ ގަޑީގައި އެބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަމުގެ މައުލޫމާތު ރައީސްއަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އިންކުއަރީއަށް. އެކަމެއް ނުހުއްޓުވުނު. އެތަނުގައި ހުރި ސައިކަލުތަކެއް ސާފުކޮށް ނުލެވިގެން ކަމަށް ވިދާޅުވަނީ. އަޅުގަނޑަށް ދަތި މިހާރު ގަބޫލުކުރަން އެއީ ރަނގަޅު ވާހަކަ ފުޅެއް ކަމަށް.

ހަސަން ލަތީފް ވިދާޅުވީ ކެނެރީގެ ކައިރީ ގޮއްވާލި ބޮމުގެ ހަމަލާ އާއި މެރީ ބްރައުން ކައިރީގައި ބޮމެއް ބާއްވައިގެން ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު އެކަން ހިނގުމުގެ ކުރިން ރައީސް ސާލިހަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ޔާގޫތުގެ ކައިރީގައި ބޮމެއް ބާއްވައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު އެކަން ހިނގުމުގެ ކުރިން ސަރުކާރަށް ލިބިފައިވާ ކަމަށެވެ. އަދި އެކަންކަމާ އަޅާނުލި ކަމަށް އޭނާ ވިދާޅުވިއެވެ.

ހުދު އިއްޒަތްތެރި ރައީސް ނަޝީދު، ތިމަންނާ ފަހާ އެބައާދޭ އެކަން ބަލައިދޭށޭ. ފާރަލައޭ އެބަ ތިމަންނާ އަށް. އެއީ ރައީސް ނަޝީދު ދައްކަވާ ވާހަކައެއް. އާޚިރު ނަތީޖާ އަކަށް ވީ ބޮމެއް ގޮއްވާލުން. އެހެންވީމަ އިއްޒަތްތެރި ރައީސް. މީކީ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގަންނަވާ އޮތް ކަމެެއްކަމަކަށް މިއަދު އަޅުގަނޑަށް ގަބޫލުކުރަން ދަތި.

ހަސަން ލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަކީ ރާއްޖޭގެ ރައްޔިތުންގެ ސެކިއުރިޓީ އާއި ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: