ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ މޮބައިލް އެޕް ތައާރަފްކޮށްފި

އާސަންދަ މޮބައިލް އެޕް ތައާރަފްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ފަސޭހަކަމާއިއެކު ބަލާލެވޭ ‘އާސަންދަ’ އެޕްލިކޭޝަން ތައާރަފްކޮށްފިއެވެ.

އާސަންދަ ކުންފުނީގެ 10ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މި އެޕް ތައާރަފްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

އާސަންދައިން “އާސަންދަ” ޕޯޓަލް ތައްޔާރުކޮށްފައިވަނީ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ދިނުމަށެވެ. އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ. އެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.

މީގެ އިތުރުން މި އެޕްލިކޭޝަނަކީ އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި ހިދުމަތުގައި ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލް ފެންނާނެއެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތައްމ ފެނުމުގެ އިތުރުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވާ މިންވަރުވެސް ފެންނާނެއެވެ.

އާސަންދަ ކުންފުނިން އާއްމުންނަށް ބޭނުންވާ އެތައް ހިދުމަތްތަކެއް ތައާރަފްކުރަމުންދާ އިރު، އެގޮތުން ކުންފުނީގެ ޔޫޓިއުބް ޗެނަލްވެސްވަނީ ލޯންޗްކޮށްފައެވެ. މިއީ އާސަންދައިގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ފަސޭހަކަމާއިއެކު ހިއްސާކުރމުގެ ގޮތުން ހަދާފައިވާ ޗެނެލެކެވެ. ޔޫޓިއުބް ޗެނަލް މެދުވެރިކޮށް، ކުރު ވީޑިއޯ ކްލިޕްތަކަކުން އާސަންދައިގެ ހިދުމަތްތަކާއި ހިދުމަތްތައް ހޯދުމަށް ހުށައަޅާނެ ގޮތްތަކުގެ މައުލޫމާތުވެސް ލިބޭނެއެވެ.

ހަމައެއާއި އެކު މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ހިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: