ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވަގުތު މޮނީޓަރިންގައި އޮތީ 18 ރަށެއް: އެޗްޕީއޭ

މާލޭގައި ކޮވިޑުގެ އަދަދުތައް ދަށް ނަމަވެސް، ރާއްޖޭގެ ބައެއް ރަށްތަކުގެ ހާލަތު ގޯސް/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް ޕްރޮޓެކްޓަން އޭޖެންސީ (އެޗްޕީއޭ) އިން ބަނދުކޮށްފައިވާ ރަތްތަކުގެ އަދަދު 18 އަށް ވުރެ ދަށްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ބަންދުކޮށްފައިވާ ރަތްތަކުގެ އަދަދު މި ފަހަކަށް އައިސް އިތުރުވުމަށްފަހު އަނެއްކާވެސް ދައްވާން ފަށާއިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އެޗްޕީއޭއިން ނެރެފައިވާ ލިސްޓުގައިވާ ގޮތުން އެންމެ ގިނަ ދުވަހު ބަންދުކޮށްފައި އޮތީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި، މަރަދޫ އާއި، މަރަދޫފޭދޫ އަދި ފޭދޫއެވެ.

އެއަށްފަހު ސެޕްޓެންބަރ މަހުގެ 4 ވަނަ ދުވަހު ސ. ހުޅުމީދޫ ބަންދުކުރެވިފައިވާ އިރު އޮކްޓޯބަރ 20 ވަނަ ދުވަހު މ. މުލައް ވެސް ބަންދުކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ، އެޗްޕީއޭއިން ނެރުނު މި ލިސްޓުގައިވާ ގޮތުން އެންމެ ގިނަ ރަށްތަކެއް ބަންދުކުރެވިފައި ވަނީ ޑިސެންބަރުގައެވެ. އެހެންކަމުން، ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފައެވެ. އަދި ސެޕްޓެމަބަރު މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުދޫ މީދޫއެވެ.

މީގެއިތުރުން، އެޗްޕީއޭ އިން އޯކްޓޫބަރު މަހު ބަންދު ކުރި ރަށްތަކުގެ ތެރޭ މިހާރު ލިސްޓުގައި އޮތީ މ. މުލަށް އެކަންޏެވެ. އަދި މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 12 ރަށެއް ބަންދުކޮށްފައެވެ. އެހެންކަމުން، އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ދ.ކުޑަހުވަދޫ، ހދ. ހަނިމާދޫ، ބ.ދޮންފަނު، ނ.ލަންދޫ، ތ.ވިލިފުށި، ތ.ހިރިލަންދޫ، ގދ.ރަތަފަންދޫ އަދި އެ އަތޮޅު ވާދޫ، ކ.ތުލުސްދޫ، ހދ. ނައިވާދޫ، ދ.ހުޅުދެލި، ގދ.ހޯޑެއްދޫ އަދި އެ އަތޮޅު ގައްދޫއެވެ.

މީގެއިތުރުން، ރާއްޖެއިން އިއްޔެ 1190 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ރާއްޖެއިން 262 މިީހުން ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: