ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމުނުއިރު އެމްއެންޕީއަށް ދިހަ ހާސް ހަމަނުވި، އަދާލަތުން ހަމަކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އާއި، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރު ނިމުނުއިރު، 10،000 މެމްބަރުން ހަމަވެފައި ވަނީ ހަތަރު ޕާޓީއެއްގައިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ފުއާދު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އާއި، އިދިކޮޅު ޕީޕީއެމް އަދި ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަކީ 10،000 މެމްބަރުން ހަވަމެވެފައިވާ ތިން ޕާޓީ ކަމަށެވެ. އަދި އަދާލަތުގައި ވެސް އެ އަދަދަށް މެމްބަރުން ތިބުމަށްފަހު 2020 ގައި ދަށަށް ދިޔަ ނަމަވެސް އަހަރު ނިންމާލީ ދިހަ ހާސް މެމްބަރުންނާއި އެކު ކަމަށް ފުއާދު ވިދާޅުވި އެވެ. އެހެން ކަމުން ސިޔާސީ މައިދާނުގައި އޮތް ޕާޓީތަކުގެ ތެރެއިން ހަތަރު ޕާޓީއަކީ ދިހަ ހާސް މެމްބަރުން ހަމަވެފައިވާ ޕާޓީތައްކަން ފުއާދު ފާހަގަ ކުރެއްވި އެވެ.

ދެ ޕާޓީއެއްގައި ދިހަ ހާހާއި ކައިރި ކުރާ އަދަދަކަށް މެމްބަރުން އެތަބިތިބިކަން ފާހަގަކޮށް ފުއާދު ވިދާޅުވީ އެއީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި، މޯލްޑިވްސް ޑިމޮކްރަޓިކް އެލައިއަންސް (އެމްޑީއޭ) ގައި ވެސް މެމްބަރުން ގެ އަދަދު ގިނަ ކަމަށެވެ.

“ދެން ހުރި ޕާޓީތައް އުޅެނީ މާބޮޑަށް ވެސް ދަށުގައި.. ދެން ބައެއް ޕާޓީ އެބައުޅޭ ތިން ހާހަށް ވުރެ މެމްބަރުންގެ އަދަދު ދަށަށް ގޮސްގެން ސިޓީއެއް ހުށަހަޅާފައި އެބޭފުޅުންނަށް މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަ ނުކުރެއްވިއްޖެ ނަމަ ޕާޓީ އުވާލާނެ ކަމަށް” ފުއާދު

ޕާޓީތަކުން ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމާއި ގުޅޭގޮތުން ފުއާދު ވިދާޅުވީ، އީސީން މެމްބަރުންގެ އަދަދު ބަލަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރުމާއި ހަމައަށް ހުށަހަޅާފައިވާ ފޯމުތަކަށާއި، އޭގެ ތެރެއިން ޕްރޮސެސް ކުރެވޭ ފޯމުތަކަށް ކަމަށެވެ.

2022 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސްކޮށްފައި ވަނީ މިދިޔަ ނޮވެބަރު 24 ގަ އެވެ.

ސިޔާސީ މަޝްރަހަށް އަންނަ ބޮޑެތި ބަދަލުތަކާއި އެކު، 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އާ ސިޔާސީ ޕާޓީތައް އުފެއްދުމާއި، ޕާޓީތަކަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރެއިން އެންމެ ފަހުން އުފެއްދި އެމްއެންޕީން ވަނީ ޕާޓީއަށް ދިހަ ހާހަށް ވުރެ ގިނަ މެމްބަރުން ހަމަވިކަމަށް އިއުލާނު ވެސްކޮށްފަ އެވެ.

އެމްޑީޕީން ވެސް ޕާޓީގެ އަމިއްލަ ދަފްތަރުގައި ވާ ގޮތުން ޕާޓީގައި 90،000 މެމްބަރުން އެބަތިއްބެވެ. އަދި ޕީޕީއެމްއިން ބުނާ ގޮތުގައި އެ ޕާޓީގައި ވެސް 60،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭނެ އެވެ. ނަމަވެސް އީސީގެ ދަފްތަރާއި، ޕާޓީގެ ލިސްޓުތަކުގައި ބުނާ އަދަދުތަކާއި ދިމަލެއް ނުވެ އެވެ.

މީގެ އިތުރުން ޕްރޮގްރާމުގައި ފުއާދު ވަނީ ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރާ މީހުން ވެސް ޕާޓީއެއްގެ ދަފްތަރުގައި ތިބޭ މައްސަލައިގައި ވާހަކަ ދައްކަވާފަ އެވެ. މިއީ ސިޔާސީ ޕާޓީތަކުން ޒިންމާވާން ޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ފުއާދު ވިދާޅުވީ، “ވަގު ފޯމު” ހުށަހަޅުން ހުރިހާ ޕާޓީއެއްގެ ތެރެއިން ވެސް ދިމާވާ ކަމަށެވެ. އަދި އެފަދަ ފޯމުތައް އާއްމުކޮށް ލިބެނީ އެއްފަހަރާ ގިނަ އަދަދެއްގެ ފޯމުތައް ހުށަހަޅާއިރުކަމަށް ފުއާދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: