ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭސް ދޭއްގައި ސްކޫލު އެޅުމަށް ތިން ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި

ހުޅުމާލެ ފްލެޓް ސަރަހައްދު / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފޭސް ދޭއްގައި ސްކޫލެއް އެޅުމަށް ތިން ވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި 2 ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ އިއުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އިއުލާންކުރީ 2021 ވަަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު އެވެ.

އެހެންކަމުން ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު 3 ވަނަ ފަހަރަށް ކޮށްފައިވާ އިއުލާނުގައި ވަނީ، އިންޓަނޭޝަނަލް ކޮންޕެޓެޓިވް ބިޑިންގް (އައިސީބީ) އުސޫލުން ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި 2 ސްކޫލް އެޅުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަމައެގޮތުން، 2 ސްކޫލަށް ވަކިވަކީން ބިޑް ސެކިއުރިޓީ ކަނޑައަޅާފައިވާއިރު އިއުލާނުގައިވާ ގޮތުން 2 ސްކޫލަށްވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި އެގޮތުން ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މީގެއިތުރުން، އިއުލާނުގައި ބުނެފައިވަނީ ބިޑް ހުށަހަޅަންޖެހޭނީ އަންނަ އަހަރުގެ ފެެބްރުއަރީ މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު 1:00ގެ ކުރިން ފިނޭންސް މިނިސްޓްރީއަސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: