ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޕޯޓްސް ސޭފްޓީވީކް ރަން” އިން ލިބުނު 23،700 ރުފިޔާ އާކްއަށް ހަދިޔާކޮށްފި!

އެމްޕީއެލް ިއން މިއަދު ބޭއްވި ޕޯޓްސް ސޭފްޓީވީކް ރަންގެ ބައިވެރިން / އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިޔަށް ގެންދިޔަ “ޕޯޓް ސޭފްޓީވީކް ރަން” އިން ލިބުނު 23،700 ރުފިޔާ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އަށް ހަދިޔާކޮށްފިއެވެ.

އެމްޕީއެލްއިން ކުރިއަށްގެންދިޔަ “ސޭފްޓީ ވީކް”ގެ އެންމެ ފަހު ހަރަކާތުގެ ގޮތުގައި އޮތީ “ޕޯޓް ސޭފްޓީވީކް ރަން”އެވެ. މި ދުވުމުގެ ބައިވެރިވި ދުވުންތެރިންނަށް ޖާޒީ ވިއްކައިގެން ލިބުނު ފައިސާ ހަވާލުކޮށްފައިވަނީ އާކްއަށެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތް މިއަދު ނިންމާލާފައިވާއިރު، ދުވުމުގައި ޖާޒީ ވިއްކައިގެން ލިބުނު 23،700 ރުފިޔާ އާކް އާއި ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝަލް އޮފިސަރު މުޙައްމަދު މުއިއްޒުއެވެ. މިއަދު ހެނދުނު ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް އިން ފެށި ދުވުމުގައި 100 އަށް ވުރެގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން 1 ވަނަ 2 އަދި 3 ވަނަ ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުން 1 ވަނައަށް ދިޔަ ފަރާތަށް 2500 ރުފިޔާ، 2 ވަނައަށް ދިޔަ ފަރާތަށް 1500 ރުފިޔާ އަދި 3 ވަނައަށް ދިޔަ ފަރާތަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފައި ވެއެވެ.

އެމްޕީއެލްއިން ބުނީ ‎އެ ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުންކުރުން ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި މިއަށްވުރެ ފުޅާކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: