ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އިތުރު 161 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 161 މީހަކުި ޕޮޒިޓިވް/ ފޮޓޯ:- އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެިއން ކޮވިޑް 19 އަށް އިތުރު 161 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުން ދައްކާގޮތުން ކޮވިޑް 19 ގެ 2،463 އެކްޓިވް ކޭސް މިވަގުތު އެބައޮތެވެ. އެގޮތުން އިއްޔެ ރާއްޖެއިން 161 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މީގެ ތެރެއިން 40 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ އޭރިއާއިންނެވެ. އަދި އަތޮޅު ތެރެއިން 41 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް މީހުން ޕޮޒިޓިވްވާ މިންވަރު ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފަހައްޓާފައިވާއިރު، ރިސޯޓުތަކުންވެސް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އިއްޔެ އޮޕަރޭޝަނަލް ރިސޯޓުތަކުން 80 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިވަގުތު ރާއްޖޭގެ 12 ރަށެއް އޮތީ މޮނިޓަރިންގައެވެ.

އިއްޔެ މުޅި ރާއްޖެއިން 3،209 ސާމްޕަލް ނަގާފައިވާއިރު މި ސާމްޕަލްތަކުގެ ތެރެއިން 712 ސާމްޕަލަކީ މާލެ ސަރަހައްދުން ނަގާފައިވާ ސާމްޕަލްތަކެވެ. ނެގުނު ސާމްޕަލްތަކުގެ ތެރެއިން މާލޭގެ ޕޮޒިޓިވިޓީ އިންސައްތައިގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވަނީ 5 އިންސައްތަ ކަމުގައެވެ.

ކޮވިޑު 19 ހަލުއި ކަމާއި އެކު ފެތުރެމުން އައިސް މޮނިޓަރިންގ ގެ ހާލަތު އިއުލާންކޮށްފއިވާތާ 4 މަސް ފަހުން އައްޑޫ ސިޓީގެ ކޮވިޑު ހާލަތު ރަނގަޅުކަމަށް ބުނެ މޮނިޓަރިންގް ވަނީ އުވާލާފައެވެ. ނަމަވެސް އަދިވެސް އައްޑޫ އިން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އިރު، އިއްޔެ ހަވީރު 18:00 އާއި ހަމައަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭއިންވެސް އަދި އައްޑޫ ސިޓީ ކައުންސިލް އިންވެސް ދަނީ ސަމާލުވުމަށާއި ރައްކާތެރިކަން އިސްކުރުމަށް ގޮވާލަމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ބޭރަށް ހިނގުމާއި ހޮޑުލުން އާއްމުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބަލި ފެންނަ މިންވަރު އިތުރުވުމާއި ގުޅިގެން، އާއްދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުން ފަދަ އަލާމާތްތައް ފެންނަ މީހުން ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާއާއި މަޝްވަރާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: