ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު އައިލަންޑް އޭވިއޭޝަން އިންޑިޔާގެ ކުންފުންޏަކަށް ވިއްކާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު!

މޯލްޑިވިއަންގެ ފްލައިޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ވިއްކާލުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އައިލަންޑް އޭވިއޭޝަން ހިމެނޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާވަށު ދާއިގެ މެމބަރުކަންވެސް ކޔުރައްވަމުން ގެންދަވާ ސައީދު ވަނީ މިވަގުތު އައިލަންޑް އޭވިއޭޝަން އޮތް ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް އައިއރު އެއްވެސް ވަރަަކށް ސަރުޚާރުން ތައްޔާރު ވެފައިނުވާ ކަމަށާއި އައިލަންޑް އޭވިއޭޝަންއާއި މެދު ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ވިޔަފާރުވެރިންނާއި ޒުވާނުނަށް ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ޒުވާނުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން މިވަގުތުވެސް ބޭރު ގައުމުތަކުން އަންނަ ފަސިންޖަރުން ފްލައިޓް ލޭންޑް ނުކުރެވި އެތައް އިރަކު ތިބެންޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ތެލުގެ ހަރަދު ބޮޑުވެ ފަސިންޖަރުންގެ ރައްކާތެރިކަމާއިމެދުވެސް ވިސްނާ ހިސާބަށް ކަންކަން ދާ ކަމަށެވެ.

އެެއާޕޯޓު ތަރައްގީކޮށްފައިވާއިރު އެއާޕޯޓުގެ ވަސީލަތްތައް ބޭނުން ނުކޮށް ބަހައްޓަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމަށް ވާާތީކަމަށް ސައީދު ވިދާޅުވިއެވެ.  ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ރަންވޭ، ސީޕްލޭން ޓާމިނަލްވެސް ބޭނުންކުރަމުން ނުދާ ކަމަށާއި އެއީ ރައީސް ޔާމީންގެ ވެރިިކަމުގައި ތަރައްގީކޮށްފައިވާ ތަންތަނަށްވާތީކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުޅިން އަލަށް ސީޕްލޭން ގެ ވިޔަފާރިއަށް އައިލަންޑް އޭވިއޭޝަންއިން ގުޅުނު ކަމަށާއި މުޅިން އަލަށް ދެ އެއާ ބަސް މަތިންދާ ބޯޓުވެސް ގެނައިކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ހަ ސިޓީއަކަށް ދަތުރުފެށިކަމަށާއި އެހެންނަަމަވެސް  މިވަގުތު ބޯޓުތައް ދުއްވާނެ ތަނެއް ނެތި އެހެލާފައިވާކަމަށް ވިދާޅުވިއެވެ. މިޕީކް ސީޒަންގައިވެސް އައިލަންޑް އޭވިއޭޗަންއިން ދަތުރުކުރަނީ މަންތާ އެއާ އަދި ވިލާއިން ފްލައިޓްތައް ކުއްޔަށް ނަގައިގެން ކަމަށް ވިދާޅުވިއެވެ. މިކަމަށް އެކަނިވެސް 100 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަފުޅުގައި މައި އެއާޕޯޓަށް ވަމުންދާ އިހުމާލުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސަރުކާރުން އަންނަނީ އަންނަ އަހަރު އައިލަންޑް އޭވިއޭޝަން އިންޑިޔާ ކުންފުންޏަކަށް ވިއްކާލުމަށް ތައްޔާރުވަމުންކަމަށްވެސް ވިދާޅުވިއެވެ. މިއީ މިސަރުކާރުން ހިންގާނެ އެންމެ ބޮޑު ޖަރީމާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: