ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް އޮންލައަިން ލައިބްރަރީ ހިދުމަތް ފޯރުކޮށްދޭން ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ/ ފޮޓޯ:- އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަތީ ތައުލީމު އުނގަންނައިދޭ ކޮލެޖް އަދި ޔުނިވާސިޓީތަކަށް އޮންލައިން ލައިބްރަރީ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

ޖޭ-ސްޓޯ އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ކޮލެޖް އަދި ޔުނިވާސިޓީތަކަށް އޮންލައިން ލައިބްރަރީ ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ ސަރުކާރުގެ ހަރަދުގައެވެ. މިއީ ސަރުކާރުން ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިގެންދާ ވަރަށް މުހިންމު ކަމެއްކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ދެކެއެވެ.

ޖޭ-ސްޓޯ އާއި ގުޅިގެން ކުރިއަށް ގެންދިުމަށް ހަމަޖެހިފައިވާ މި މަސައްކަތަކީ ރާއްޖޭގެ މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އުނގެނުމަށް ލިބިގެންދާ ފުރިހަމަ ކަމެކެވެ. އެކްސެސް ދެވިފައިވާ އޮންލައިން ލައިބްރަރީއަކީ ގިނަ އަދަދެއްގެ މައުލޫމާތު އެކުލެވިގެންވާ ފޮތްތަކެއް އެކުލެލޭ ލައިބްރަރީއަކަށް ވުމާއި އެކު ދަރިވަރުންގެ ކިޔެވުމަށް ބޭނުންކުރާ އިތުރު ވަސީލަތެއްގެ ގޮތުގައި މި ލައިބްރަރީ ބެނުންކުރެވެނޭއެވެ.

މުޅި ރާއްޖެއިން ޖުމްލަ 15 އިންސްޓިޓިއުޝަނަކަށް ލައިބްރަރީ ތަކުގެ އެކްސެސް ދެވިގެން ދާއިރު މި ލައިބްރަރީތައް ބޭނުންކުރާނެ ޓްރެއިނިންވެސް ދެވޭނެއެވެ. މި ލައިބްރަރީ އެކްސެސް އާއި އެކު ރާއްޖޭގެ ދަރިވަރުންނަށް މެދުކެނޑުމެއްނެތި މައުލޫމާތު ލިބުމަށާއި ފޮތްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސަރުކާރުން ތައުލީމީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިފްތިތާހުކުރި މިހިދުމަތާއި އެކު އޮންލައިން ސްޓެޓިސްޓިކް ޕޯޓަލް އެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. މި ޕޯޓަލް އާއި އެކު ކޮންމެ އިންސްޓިޓިއުޝަންއަކުން މިނިސްޓްރީއަށް ފޯރުކޮށްދޭން ޖެހޭ ތަފާސްހިސާބުތައް ފޯރުކޯށްދިނުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ. ޕޯޓަލް ބޭނުންކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ ގެ ފަރާތުން ވަނީ ސެޝަން ތަކެއް ކުރިއަށް ގެންގޮސްފައެވެ.

މިއަދު ހެނދުނު މި ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މި އޮންލައިން ހިދުމަތްތަކީ ދަރިވަރުންނަށް ހުޅުވާލެވޭ މަގެއްކަމަށާއި ތައުލީމީ ނިޒާމަށް ލިބިގެންދާ އިތުރު ފުރިހަމަކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: