ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ކުރުމެއްނެތި އެރައްޔިތަކު ބޭނުންވާ ތަނަކުން ބިން ހޯދުމުގެ ފުރުސަތު އޮންނަންޖެހޭ: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު ކުރުމެއްނެތި އެރައްޔިތަކު ބޭނުންވާ ތަނަކުން ބިން ހޯދުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނުގައި ބީލަމުގެ އުސޫލުން ބިންތައް ވިއްކަން ހުޅުވާލީ ދިވެއްސެއް ނަމަ ކޮންމެ މީހަކަށްވެސް ބިން ގަނެވޭ ގޮތަށެވެ. ނަމަވެސް ބިންތައް ގަނެވޭނީ މާލޭގައި ރަޖިސްޓްރީ އޮތް މީހުންނަށް އެކަނި ކަމަށް އެޗްޑީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އުސޫލަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް މި އުސޫލު މިގޮތަށް ބަދަލުކުރި ސަބަބެއް ސާފެއް ނޫނެވެ.

މި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ހުޅުމާލޭ ބިން ހިއްކާފައިވަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި ހަމައެގޮތަށް ކ.މާފުއްޓާ ގުރައިދޫ އަދި އެހެން ރަށްރަށުގެ ބިންތައް ހިއްކާފައިވަނީވެސް ރައްޔިތުންގެ ފައިސާއިން ކަމަށެވެ.

”އެހެންވީމަ، ތަފާތު ކުރުމެއްނެތި އެރައްޔިތަކު ބޭނުންވާ ތަނަކުން ބިން ހޯދުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް ދެކެން.” އުޝާމް ވިދާޅުވިއެވެ.

އެޗްޑީސީން ބީލަމަށް ހުޅުވާލީ 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. މީގެ ތެރޭގައި ހިމެނެނީ އަތިރިމަތިން 26 ގޯއްޗާއި، އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.

އެޗްޑީސީން ބުނީ ބިން ގަތުމަށް ޝަރުތު ހަމަވާނީ މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވުމާއެކު އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށެވެ. ކޮންމެ މީހަކަށްވެސް ގަނެވޭނީ އެއް ބިމެވެ.

ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ މި މަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: