ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭން 2000 ރުފިޔާ ކުޑަ: އެޗްއާރްސީއެމް

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް އަންނަނީ ގޮވާލަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ 2000 ރުފިޔާ އަކީ މާ ކުޑަ އަދަދެއްކަމަށް ހިޔުމަން ރައިޓްސް ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަންއިން އާންމުކޮށްފައިވާ 2021 ވަނަ އަހަތުގެ ހިޔުމަން ރައިޓްސް ރިޕޯޓުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިވަގުތު ދައުލަތުން  ފޯރުކޮށްދެމުންދާ 2000 ރުފިޔާއަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ އަދަދެއް ނޫނެވެ.

ރިޕޯޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލާ ބަޔާން ކޮށްފައިވާ ކަންކަމަށް ބަލައިލާއިރު،  ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ފަސްޖެހޭކަމާއި ރިޕޯޓުކުރެވޭ މައްސަލަ މަދުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އަނިޔާއަށް ހުށަހެޅިގެން ރިޕޯޓުކުރެވޭ އަދަދު އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އަޅާބަލާއިރު ގިނަކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ތަންފީޒީ އިދާރާތައް ބައްޓަން ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލްކޮށް ނޫންކަން ފާހަގަކޮށްފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހެއްގެ މައްޗަށް ބަރޯސާނުވެ، އަމިއްލަ މިނިވަންކަންމަތީގައި އުޅުމުގެ މަގު ފަހިވެފައި ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖްތަމައުގައި ބައިވެރިވުމާއި އެމީހުންގެ ބައިވެރިވުން މުޖްތަމަޢުން ބަލައިގަތުން ފަހަކަށްއައިސް ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް ކޯވިޑް-19 ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖްތަމަޢުގައި ބައިވެރިވުން ކުޑަވެފައިވާކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކައިވެނި ކުރެވޭނެ މަގު ޤާނޫނީ ނިޒާމްގެ ތެރެއިން ކަށަވަރުވެފައިވީނަމަވެސް ކައިވެނިކުރުމުގަޔާއި ކައިވެނީގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް ރައްކާތެރިކަން ކަށަވަރުވެފައިނުވާކަންވެސް ފާހަގަކުރެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ ސްކޫލުތަކުގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންނަށް ތަޢުލީމު ހޯދުމަށް ހަމަހަމަ ފުރުސަތުތަކެއް ތަނަވަސްވެފައި ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް މަތީ ތައުލީމާއި ފަންނީ މަސައްކަތްތެރިކަން ދަސްކުރުމަށް ހުރި ފުރުސަތުތައް މަދުކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ދެމުން އަންނަ 2000 ރުފިޔާއަކީ 2010 ވަނަ އަހަރު ފާސްކުރި ގާނޫނުގެ ދަށުން ދެމުން އަންނަ އިނާޔަތެކެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް، އަދި މިވެރިކަމުގައިވެސް އެއިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް އެކިފަހަރުމަތިން ހުށައެޅިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އެމައްސަލަ ބޭރުކޮށްލަނީ ސިޔާސީ ވާހަކަތަކެއް ދެއްކުމަށްފަހު އެމައްސަލަ ސިޔާސީ ކުރުމަށްފަހުގައެވެ.

މިއިނާޔަތް 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް އެދި އާންމުން އިސްވެ ރައީސުލްޖުމްހޫރިއްޔާއަށް މިވަގުތު ވަނީ ޕެޓިޝަނެއް ފޮނުވާފައެވެ. އެހެންނަމަވެސް މިފަދަ ކަމަކާއި ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: