ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސް.ޓީ.އޯ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި ރަސްމިއްޔާތެއް ބޭއްވިފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް އަދި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އޮފް ޔޫތް މުހައްމަދު ނާސިހެވެ. އެސްޓީއޯގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ކުންފުނީގެ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލުމަށެވެ. މިގޮތުން ޖުމްލަ 6 ދާއިރާއަކުން 26 ޖާގަ އަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ މުއްދަތަކީ 6 (ހަ) މަސްދުވަހެވެ. މި ހަމަސް ދުވަހުގެތެރޭގައި، މަސައްކަތުގެ މާހައުލުގައި ބައިވެރީން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ (“އެމް.އެން.އެސް.ޑީ.އޭ”) ގެ “ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް” ތަކާއި އެއްގޮތަށެވެ.

މި ޕްރޮގްރާމުގައި އެސް.ޓީ.އޯގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސްއިން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސްއެއް އެސް.ޓީ.އޯއިން ހަމަޖައްސައިދޭނެއެވެ.

އެސް.ޓީ.އޯ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ދެމެދު ވެވޭ މި އެމް.އޯ.ޔޫ 4 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެންދާނެއެވެ. އަދި މި އެމް.އޯ.ޔޫގެ ދަށުން މީލާދީ ތިން އަހަރު ދުވަހުގެ މުއްދަތަށް މިޕްރޮގްރާމް ދެމިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: