ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ 6 ރަށެއް މޮނިޓަރިންގައި!

މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ރަށެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިވަގުތުވެސް ރާއްޖޭގެ 6 ރަށެއް މޮނިޓަރިން ހާލަތުގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި 6 ރަށްވެސް މޮނިޓަރިންއަށް ލައިފާވަނީ މިދިޔަ ޑިސެންބަރު މަހުގައި ކަމަށެވެ. މޮނިޓަރިންއަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ގދ. ވާދޫ އާއި ކ. ތުލުސްދޫ އާއި މާފުއްޓާއި ހދ. ނައިވާދޫ އާއި ދ. ހުޅުދެލި އަދި ހއ. އިހަވަންދޫއެވެ.

އެގޮތުން ގދ. ވާދޫ މޮނިޓަރިންގ ހާލަތަށް ލައިފާވަނީ، ޑިސެންބަރ މަހުގެ 14 ވަނަ ދުވަހުގައި ކަމަށް ވާއިރު، ކ. ތުލުސްދޫ މޮނިޓަރިންގ ހާލަތަށް ހައިފާވަނީ، ޑިސެންބަރ މަހުގެ 20 ވަނަ ދުވަހުގައެވެ. އަދި ހދ. ނައިވާދޫ މޮނިޓަރިންގ ހާލަތަށް ލައިފާވަނީ ޑިސެންބަރ މަހުގެ 25 ވަނަ ދުވަހުގައެވެ.

މީގެއިތުރުން،  ޑިސެންބަރ މަހުގެ 26 ވަނަ ދުވަހު ދ. ހުޅުދެލި މޮނިޓަރިންއަށް ލާފައިވާއިރު، ކ. މާފުށި މޮނިޓަރިންގ ހާލަތަށް ލައިފާވަނީ ޑިސެންބަރ މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި ހއ. އިހަވަންދޫ މޮނިޓަރިންގ ހާލަތަށް ލައިފާވަނީ ޑިސެންބަރ މަހުގެ 31 ވަނަ ދުވަހުގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންވެސް މިކަމަށް ސަމާލުވެ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭރަށް ނިކުންނައިރު މާސް އަޅައިގެން ނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމާއި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ޑޮކްޓަރަށް ދައްކައި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: