ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ހެދި ހުއްޓުވި ނައިޓް މާކެޓު ބާއްވަން ”ހާއްސަ ހުއްދަ“ އެއް!

މާލޭގައި ބާއްވާ ސިޓީގައި ބާއްވާ ނައިޓް މާކެޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ނައިޓު މާކެޓު ހުއްޓާލުމަށް އެންގިތާ 24 ގަޑިއިރުނުވަނީސް އެ ނިންމުން ބަދްލުކޮށް ސިޓީ ކައުންސިލްގެ އެދުމަށް، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދޫކޮށްފި އެވެ.

ބަޔާނެއް އާއްމުކޮށް މާލޭ ސިޓީ ކައުންސިލުން ބުނީ، ނައިޓް މާކެޓު ބޭއްވުމަށް އާއްމުންގެ ފަރާތުން އެދިފައިވާތީ އެކަމަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ނައިޓް މާކެޓު ގެންދިއުމުގެ ހުއްދަ އެ އޭޖެންސީން ދީފައިވާކަމަށެވެ.

އެހެންވެ އެ މިންގަނޑުތަކާއި އެކު ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ރަސްފަންނު ސަރަހައްދުގައި ބާއްވަމުން ދިޔަ ނައިޓް މާކެޓު ހުއްޓާލުމަށް އެޗްޕީއޭއިން އެންގީ އަނެއްކާ ވެސް މާލޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވަރަށް ބޮޑުތަނުން އިތުރުވެފައި ވަނިކޮށެވެ.

މާލޭގެ ބްރިޖު ކައިރީ ނައިޓު މާކެޓެއް ބޭއްވުމަށް ފަހު، ހުޅުމާލޭގެ ބީޗު ސަރަހައްދުގައި ވެސް ނައިޓް މާކެޓެއް ކުރިޔަށް ގެންދިޔަ އެވެ. މިދިޔަ އަހަރުގެފަހުކޮޅުން ފެށިގެން ބާއްވަމުން އަންނަ ނައިޓް މާކެޓުތަކަށް ކޮންމެ ރެއަކު ވެސް އެތައް ބަޔަކު ދެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނައިޓް މާކެޓު ހުއްޓާލުމަށް އެންގިތާ 24 ގަޑިއިރު ނުވަނީސް އެ ނިންމުން ބަދަލު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސްވަނީ އަމާޒުވެފަ އެވެ.

ކޮވިޑުގެ ހާލަތަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކުރިޔަށް ދާ މި ނައިޓް މާކެޓުތަކުގައި ހާއްސަކޮށް ކާބޯތަކެތީގެ އެއްވެސް ސާފުތާހިރުކަމެއް ނެތުމުންއެކަމުގެ ޝަކުވާތަކެއް ބައެއް އާއްމުން ކުރެ އެވެ.

މީގެ އިތުރުން މާސްކު ނޭޅުމާއި، އެއްވެސް މިންވަރަކަށް ގައިދުރުކަން ނުބަހައްޓާކަން ފާހަގަ ކުރެވެ އެވެ.

ނައިޓުމާކެޓަށް ހާއްސަ ހުއްދައެއް ދިން އިރު އިއްޔެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މާލެއިން 136 މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އަދި އޭގެ ކުރީ ދުވަހުމާލެއިން 102 މީހަކަށް ބަލި ޖެހިގެން ރިޕޯޓު ކުރި އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: