ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބަޔަކު މަޖިލީހަށް އިންތިހާބު ކުރުމުން އުނދަގޫވާނެ: ރައީސް

ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓްގެ ކެންޕެއިން ލޯންޗިންގް ޖަލްސާގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއެއް ކުރިޔަށް ދިއުމަށާއި، އަދި ސަރުކާރެއް ހިންގުމަށް ލާމަރުކަޒީ ނިޒާމަށް ފުރިހަމައަށް ތާއީދު ކުރާ ސަރުކާރުގެ މެމްބަރެއް އެ ދާއިރާއެއް ތަމްސީލު ކުރުމަށް މަޖިލީހުގައި ހުރުން މުހިންމުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޕާޓީން މަޖިލީހުގެ ސާފު މެޖޯރިޓީއެއް ނެގީ ވެސް ވައުދުތަކާއި އެކު، ރައްޔިތުންނަށް މެނިފެސްޓޯއެއް ދައްކައިގެން ކަމަށެވެ. މިއަދު ކުރިޔަށް ދަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވާ އެހެން ޕާޓީތަކަށް ދަންނަވާލަން ބޭނުންވަނީ ޕާޓީން ވި ވައުދުތައް ފުއްދައިދެމުން ދާކަމެވެ.

ރަށްރަށުގެ ތަރައްގީއަށް ވީ ވައުދުތަކަށް އެއްވެސް ހުސްޓުމެއް ނެތި ކުރިޔަށް ދާއިރު، އެ މަސައްކަތް ކުރެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް ރައީސް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމާއި، އެ ސިޔާސަތުގެ ދަށުން ހިދުމަތް ދިނުން އެއީ އެމްޑީޕީން ވެފައިވާ ވައުދުތަކެއްކަމަށާއި މިއީ އެމްޑީޕީގެ ފަލްސާފާގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

“ލާމަރުކަޒީ ނިޒާމު ތައާރަފު ކުރުން، ހިދުމަތްތައް ވީހާވެސް ގާތުން ރައްޔިތުންނަށް ދިނުމަކީ އެމްޑީޕީގެ ފަލްސަފާއެއް… އެއީ އެމްޑީޕީވެފައި އޮތް ވައުދެއް.. އެއީ އެމްޑީޕީގެ ފިކުރެއް.. މިހެންވީމަ މި ދަންވަނީ މިކަން ކުރެވޭނީ އެމްޑީޕީއަށޭ..” ރައީސް ސޯލިހު

ރައީސް ވިދާޅުވީ މަވަރަށް މުހިންމު ކަމަށެވެ. ލާމަރުކަޒީ ނިޒާމުން ފުޅާކޮށް، އޭގެ ދަށުން ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުންދާއިރު އެ ފިކުރު މަޖިލީހުގެ ތަޅުމުގެ ތެރެއިން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ސީދާ ދެކޮޅު ނުވަތަ އެ އުސޫލުތައް ގަބޫލު ނުކުރާ ބަޔަކަށް ވޯޓުދީ ދާއިރާއަށް އިންތިހާބު ކުރުމުން އުނދަގޫތަކެއް ވާނެ ކަމަށެވެ. ވާދަވެރިންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމު ކުރުންކަމަށްވާއިރު، އެ ބޭފުޅުން އަބަދުވެސް ބޭނުންވީ ބާރުތަކާއި ހިދުމަތްތައް އެއްތަނަކަށް ޖަމާކުރުމަށްކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެއީ ދިވެހިރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަބުތަކާއި ހުރެ ރައީސް އެދިވަޑައިގަތީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދިނުމަށެވެ.

ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދަކީ އެމަނިކުފާނާއި ވަރަށް ގާތް، ހިތް ހެޔޮ ރަނގަޅު އެކުވެރިއެއް ކަމަށާއި ހުސެއިން އަބަދުވެސް އެދިވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ދިނުމަށްކަމަށް ރައީސް ވިދާޅުވި އެވެ. ހުސެއިންގެ އެ އުންމީދާއި ވައުދު ފުއްދައިދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އިދިކޮޅު ޕީޕީއެމް އާއި އެެމްއެންޕީ އެވެ.

ރޭގެ ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ދާއިރާއަށް ހާއްސަކޮށްގެން ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއުތަކާއި، އަދި ޒަމާންވެފައިވާ ރަށުގެ އިންޖީނުގެ ރައްޔިތުން ތިބޭ ސަރަހައްދާއި ދުރަށް ބަދަލު ކުރިކަން ފާހަގަ ކުރެއްވި އެވެ. އެތައް އަހަރުތަކެއް ވަންދެން ރަށުގެ ބައެއް އާއިލާތަކުން އިންޖީނުގެއިން އިވެމުން ދިޔަ އަޑުތަކުގެ ޝަކުވަތައް ކުރި ނަމަވެސް އެ ހައްލު ނުގެނެސް ވަނިކޮށް ރައްޔިތުން އެކަމުގެ ސަލާމަތްކުރީ އެމްޑީޕީންކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: