ރާއްޖެއިން ކޮވިޑުގެ އިތުރު 593 ކޭސް ފެނިއްޖެއެވެ.
ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ދައްކާގޮތުގައި 593 މީހުންނަށް ކޮވިޑު ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މީގެ ތެރެއިން 199 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 197 މީހުން ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 124 މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކުރި އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޮތުގައި މިވަގުތު 4،320 މީހުން ތިބިއިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 20 މީހަކަށެވެ.
✳️ COVID-19 : Case Updates pic.twitter.com/t8RlpbGkjZ
— Health Protection Agency (@HPA_MV) January 11, 2022
އެޗްޕީއޭއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ ނަޒްލާ ރަފީގު ވަނީ މާލެއިންވެސް އޮމިކްރޯނުގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކ. މާފުށިންނާއި ދ. ކުޑަހުވަދޫ އިންވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވާކަމަށް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.

