ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓަށް ގޮވަން ޖެހެނީ އެމްޑީޕީގެ ސަބަބުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ނިކުމެ އިންޑިއާ އައުޓަށް ގޮވަން ޖެހެނީ ސަރުކާރުގެ ޕާޓީ ކަމަށް ވާ އެމްޑީޕީ ގެ ސަބަބުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެމްބަރު ސައީދު މިގޮތަށް ވިދާޅުވެފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ކެމްޕޭނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

ސައީދު ކުރެއްވި ޓްވީޓުގައި ވަނީ ޝާހިދު ވެސް ވިދާޅުވާ ފަދައިން ގައުމެއް ކުޑަ ގައުމަކަށް ވުމަކީ އެހެން ގައުމެއްގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއް ނޫން ކަމުގައެވެ. އަދި އެމްޑީޕީ އިން ގައުމުގެ މަސްލަހަތު ނަގާލާ ފަދަ އަމަލުތައް ހިންގަމުން ދާ އިރު، ޕާޓީގެ މި އަމަލުތައް ހުއްޓުވަން ޖެހޭ ކަމުގައި ވެސް ބުނެފައިވެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީއިން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވާލަން ޖެހިދާނެ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކާއި އިންޑީއާ އާއި ގުޅުން ހުރި އެހެން ހަބަރުތަކެއް އެކުލަވާލަމުން ސައީދު ކޮށްފައިވާ މި ޓްވީޓުގައި ވަނީ ރައްޔިތުންގެ މި އަމަލުތަކަކީ ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީގެ އަމަލުތައް ހުރި ގޮތުން ނިކުންނަ ނަތީޖާ ކަމުގައި ބުނެފައެވެ. އަދި އިންޑިއާ އައުޓަށް ރައްޔިތުން ގޮވަނީ ވެސް މި ޕާޓީގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: