ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް ޕާކިސްތާނު އެމްބަސީއާއި އެމްއެމްސީ އިން މަޝްވަރާކޮށްފި

އެމްއެމްސީގެ ރައީސް ސަހުބާން ފަހުމީ އަދި ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު، އާތާރ މުހުތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމް.އެމް.ސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާނު އެންބަސީއާއިއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް އަލްފާޟިލް ސަހުބާން ފަހުމީ،  ކައުންސިލްގެ މެންބަރު އަލްފާޟިލް އަލީ ހުސެއިން، ކައުންސިލް މެންބަރު އަލްއުސްތާޛު އިބްރާހިމް ފައުޒީ، ކައުންސިލްގެ ނައިބް ރައީސް  ހުސެއިން ސަގީފް އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރެވެ.

ޕާކިސްތާނު އެންބަސީގެ ފަރާތުން ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތާރ މުހުތާރުގެ އިތުރުން ޕާކިސްތާނު އެންބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޕާކިސްތާންއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އޮންލައިންކޮށް މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރަމްތަކެއް ނޫސްވެރިންނަށް ހޯދައި ދިނުމަށްވެސް މަޝްވަރާ ކުރެވުނެވެ.

ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާންގެ އެންބެސެޑަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އާތާރ މުހުތާރު ވަނީ ދިވެހި ނޫސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޕާކިސްތާންގެ ޕްރެސް ކައުންސިލްއާއި އެކު ގުޅުން ބަދަހިކޮށް މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ޕާކިސްތާންގެ އެންބެސެޑަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: