ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލަ ނުބެލުމުން އެމްއެމްސީގެ މެންބަރަކު އިސްތިއުފާދީފި

އެމްއެމްސީގައި "ވަގުތު" ތަމްސީލުކުރައްވާ މެންބަރު އާދަމް ނަވާޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު އާދަމް ނަވާޒް ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާދެއްވައިފިއެވެ.

އާދަމް ނަވާޒް މީޑިއާ ކައުންސިލުގައި ތަމްސީލުކުރައްވަނީ ވަގުތު އޮންލައިންއެވެ.

ނަވާޒް މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދީފައިވަނީ އަންހެން ނޫސްވެރިޔަކަށް ތަކުރާރުކޮށް ފުރައްސާރަކުރި މައްސަލައެއް ކައުންސިލަށް ހުށައަޅާ، އެ މައްސަލަ ބެލުމަށް ކައުންސިލުން ނިންމި ނަމަވެސް ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު އެނިންމުމަށް އަމަލު ކުރުން ހުއްޓުވާފައިވާތީއެވެ.

އިސްތިއުފާދީ ޝަފާއު އަށް ފޮނުވި ސިޓީގައި ނަވާޒް ވިދާޅުވެފައިވާގޮތުން މައްސަލަ ބެލުމުގެ ބަދަލުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ހަފްލާގައި މުހައްމަދު ޝާފިއު އަށް އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ދިން ދިނުމަކީ އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުމަށް ކައުންސިލްގެ ރައީސް ދިން ހިތްވަރެކެވެ. ނަަވާޒް ވިދާޅުވީ އަންހެން ނޫސްވެރިންނަށް ބިރުވެރިކަމެއްނެތް އަމާން މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މީހަކު ކުރީ ސަފުގައި އިނުމުގެ ފުރުސަތު ދީގެން މީޑިއާ ކައުންސިލުން ހިންގާ ހުތުރު އަމަލުގައި ބައިވެރިވުމަކީ އޭނާގެ ޟަމީރު ގަބޫލު ކުރާކަމެއް ކަމަށް ނުވާތީ މީޑިއާ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދިނީ ކަމަށެވެ.

މީޑިއާ ކައުންސިލަކީ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކޮށް، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އަދި ނޫސްވެރިންނަށް އެކިއެކި ގާނޫނުތަކުގެ ދަށުން ލިބިދޭންޖެހޭ ހައްގުތައް ލިބޭތޯ ބެލެމުގެ ޒިންމާ މަތިކުރެވިފައިވާ މުއައްސަސާއެކެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ ނޫސްވެރިންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދާ މުއައްސަސާއަކަށް މީޑިއާ ކައުންސިލް ބަދަލުވެފައިވާ މަންޒަރުކަމަށް ނަވާޒް ވިދާޅުވިއެވެ.

އޮންލައިން ނޫސް “ވަގުތު” ގެ މުވައްޒަފަކަށް ފުރައްސާރަ ކުރާ ކަމަށްބުނެ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާފިއުގެ މައްސަލައެއް ވަނީ ފުލުހަށްވެސް ހުށައަޅާފައެވެ. މި މައްސަލަ ބެލުމަށް ނިންމާ، ޝާފިއު މަސްއޫލިއްޔަތުތަކުން އެކަހެރިކުރި ނަމަވެސް، މީޑިއާ ކައުންސިލުންވަނީ މި ނިންމުން ނިމުމަކަށް ނެގައިސްފައެވެ. ސަބަބެއްކަމުގައި ބުނެފައިވަނީ މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތުމެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: