ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ދިނީ މަގާމުގެ ދަހިވެތިކަމުގައި ބައެއް މެމްބަރުން ކައުންސިލް ޑެޑްލޮކަކަށް ގެނައުމުން: ސަހުބާން

މީޑިއާ ކައުންސިލް ރައީސްކަން ކުރެއްވި ސަހުބާން މިއަދު ނޫސްވެރިން ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ، އެ މަގާމުގެ ދަހިވެތިކަމުގައި ކައުންސިލްގެ ބައެއް މެމްބަރުން މަސައްކަތްތައް ޑެޑް ލޮކެއްގެ ތެރެއަށް ގެނައުމުގެ ސަބަބުންކަމަށް ސަހުބާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަހުބާން ވިދާޅުވީ، އޭނާގެ ކުންފުނީގެ މައްޗަށް ކުރެވުނު ތުހުމަތުތަކެއްގެ މާކުރިން ވެސް މަގާމުން ވަކި ކުރުމަށް މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. ފުލުހަށް ހާޒިރު ކުރި ހިސާބުން ކުއްލިއަކަށް، މަގާމުން ވަކި ކުރުމަށް މައްސަލަ ކައުންސިލަށް ހުށަހަޅައިގެން ވޯޓު ހަމަކުރަން ބައެއް މެމްބަރުން މަސައްކަތް ކުރީ މަގާމުގެ ދަހިވެތިކަމުގައިކަމަށް ވިދާޅުވި އެވެ.

ސަހުބާން ވިދާޅުވީ އޭނާ މީހެއްގެ އަތުން ނެގި ފައިސާއެއް، އަދި ދޭން ޖެހޭ ފައިސާއެއް ވެސް ނޯންނާނެކަމަށާއި ތުހުމަތުތައް ދޮގު ކުރާކަމަށެވެ. އެ ތުހުމަތުގެ ބޭނުން ބައެއް މީހުން ހިފީ އޭނާގެ އަބުރުކަތިލައި، މަގާމުގެ ދަހިވެތިކަމުގައިކަމަށް ވުމަކީ ހިތާމަ ކުރާ ކަމެއްގެ ގޮތުގައި ސަހުބާން ފާހަގަ ކުރެއްވި އެވެ.

އަމިއްލަ ނަފްސުގެ ރައްކާތެރިކަމާއި، އަދި ނޫސްވެރިންގެ ހައްގުގައި އިސްތިއުފާ ދެއްވި ނަމަވެސް އެމްއެމްސީގެ ކުރިމަގަށާއި ނޫސްވެރިންގެ ހައްގުގައި ކުރެވުނު މަސައްކަތްތަކަށް ފަހުރުވެރިވާކަމަށް ސަހުބާން ވިދާޅުވި އެވެ.

ސަހުބާން ވިދާޅުވީ އޭނާގެ އަނބިދަރިންނާއި އެކު ވެސް މަގުތަކަށް ނިކުންނަން މިއަދު އުނދަގޫވެފައިވާކަމަށެވެ. އަދި އެންމެ ހިތާމަކުރަނީ އޭނާއަށް އަމާޒުކޮށް ކައުންސިލްގެ މެމްބަރުން ވަގަށް ގޮވައި، ސޯޝަލް މީޑިއާގައި ވެސް އަބުރު ކަތިލާން މަސައްކަތްކޮށްފައިވުންކަމަށް ވިދާޅުވި އެވެ.

ކައުންސިލްގައި ހޭދަ ކުރި މި ދުވަސްތަކުގެ ތެރޭގައި އެއްވެސް ނޫސްވެރިއަކު އޭނާއަށް ގުޅައި އިސްތިއުފާއަށް ގޮވާލުން ނުވަތަ މީޑިއާތަކަށް މައުލޫމާތު ދޭން ހާއްސަކޮށްފައިވާ ގުރޫޕުގައި ވެސް ނޫސްވެރިއަކު އޭނާއަށް އިސްތިއުފާއަށް ގޮވާފައި ނުވާކަން ސަހުބާން ފާހަގަ ކުރެއްވި އެވެ.

އެކި ފަހަރުމަތީން ކައުންސިލަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއިރު ވެސް ވޯޓު ހަމަވެފައި ނުވާކަން ފާހަގަކޮށް ސަހުބާން ވިދާޅުވީ، އެކަން ކިތަންމެ ގިނައިން ވެސްދިޔަސް ވޯޓު ހަމަނުވާނެކަމަށެވެ.

ސަހުބާން މީހެއްގެ މައްޗަށް ތުހުމަތެއް ކުރުމަކީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: