ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތަށް ދަހިވެތިވެ، ބައެއް މެމްބަރުން ދިޔައީ ޖަލްސާތައް ބޮއިކޮޓުކޮށް ވަގަށް ގޮވަމުން: ސަހުބާން

މީޑިއާ ކައުންސިލްގެ ރައީސްކަން ކުރެއްވި ސަހުބާން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމުން އިސްތިޢުފާ ދެއްވީ ކައުންސިލުގައި ރިޔާސަތަށް ދަހިވެތިވެފައިވާ މެންބަރުންގެ ސަބަބުންކަމުގައި ޝަހުބާން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޝަހުބާން ވިދާޅުވީ މަގާމަށް ދަހިވެތިވެ ތިބި މެންބަރުންގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސް އެޅި ކައުންސިލްގެ މަސައްކަތްތަށް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި އިސްތިޢުފާ ދެއްވަން ޖެހުނު މައިގަނޑު ސަބަބެއްކަމުގައި ސަހުބާން ފާހަގަކުރެއްްވީ އޭނާގެ ނަފްސްގެ ދިފާއު ގެއްލޭ ހިސާބަށް ކަންކަން ދިއުމާއި އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގައި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އޭނާއަށް ކައުންސިލްގެ ޖަލްސާތަކާއި ކޮމިޓީތައް ކުރިއަށް ގެންދެވޭނެ މަގެއް ކައުންސިލަށް ނިސްބަތްވާ މެންބަރުން ނުދެއްކެވުމެވެ. އަދި ވާހަކައިގައި އިސްޢުފާދެއްވުމާއި އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާއިވެސް އެއްވެސް ގުޅުމެއް ނެތްކަމަށް ސަހުބާން ފާހަގަކުރެއްވިއެވެ.

މީޑީއާ ކައުންސިލްގެ މައްސަލަ ބޮޑުވެ މިހާ ހިސާބަށް ދިޔުމަށް މެދުވެރިވީ ސަހުބާން ހިއްސާ އޮންނަ ކުންފުޏެއްކަމަށްވާ “ކިންގްސް ކެޕިޓަލް ހޯލްޑިންގް” މައްޗަށް މަނީ ލޯންޑާކުރިކަމަށް ބުނެ ތުހުމަތުތަކެއް ކުރެވުމުންނެވެ. ރާއްޖޭގެ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަޔާނެއް އާއްމު ކުރީ މާރޗް މަހުގެ ތެރޭގައެވެ.

މިހާތަނަށް ވަކި ގޮތަކަށް ސާބިތުނުވާ، ސަހުބާން ދޮގުކުރައްވާ މި ތުހުމަތުގައި ސަހުބާން ފަހުމީ މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހުރުމަށް އިތުބާރު ހިފޭތޯ ބެލުމަށްޓަކައި ދެ ފަހަރެއްގެ މަތިން ވޯޓު ނެގުނެވެ. މިކަންތައްތައް އެއްބައި މީހުން ސިފަކުރީ ސިޔާސީ ބޭނުމެއްގައި ޒާތީވެ މަގާމު އެދުންވެރިކަމުގައި ކުރާ މަސައްކަތްތަކެއްގެ ގޮތުގައެވެ. ސަހުބާން މަގާމުން ދުރުކުރުމަށް ދެ ފަހަރުގެ މަތިން ކުރެވުނު މަސައްކަތްވެސް ނާކާމިޔާބު ވެގެން ދިޔައީ މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރުމަށް ކައުންސިލްގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވޯޓު ހަމަނުވުމުގެ ސަބަބުނެވެ.

ސަހުބާން ފާހަގަކުރެއްވީ މީގެ ކުރީގައިވެސް އޭނާ މަގާމުން ވަކިކުރުމަށްޓަކައި އޭނާ އާއި މެދު ޒާތީ ތައައްސުބެއް އަބަދުވެސް އޮންނަ މެންބަރުންތަކެއް މަސައްކަތް ކޮށްފައިވާކަން އެގެން އެބަ އޮތްކަމަށެވެ.

ސަހުބާންގެ މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅި އެވެ. އެދުވަހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އައްޑޫ މިދޫ ދާއިޜާގެ މެންބަރު ރޮޒެއިނާ އާދަމްވެސް އެދިވަޑައިގަތީ ބޯޑުވެފައިވާ ބަޔެއް ސިފައިން އަމަލުތައް ބަހައްތާ ގޮތް ދޫކުރައްވާ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަށް ފޯރުކޯށްދިނުމަށެވެ.

ސަހުބާން މަގާމުން އިސްތިއުފާ ދެއްވާ ދެއްކެވި ވާހަކައިގައިވެސް އިސްތިއުފާ ދެއްވުމުގެ މައިގަނޑު ސަބަބަކަށް ދެއްކެވީ މިފަދައިން ކައުންސިލްގެ މަސައްކަތްތަށް ކުރިއަށް ނުދިއުމެވެ. އަދި ވިދާޅުވީ އޭނާ ރިޔާސަތުގައި ހުރެއްޖެނަމަ މީޑިއާ ކައުނސިލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަށް ފޯރު ކޮށް ނުދެވޭނެކަމަށް ދެކިވަޑައިގަންނަވާތީ އިސްތިޢުފާ ދެއްވާކަމަށެވެ.

ސަހުބާންގެ އިސްތިއުފާ ބަޔާނުގައިވެސް ވަނީ މިހާރު ދިމާވެފައިވާ ހާލަތުގެ ބޭނުކޮށް، ކައުންސިލާއި ކޮމިޓީތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ސަބަބުން ނޫސްވެރިންނަށާއި މީޑިއާތަކަށް ހިންގުމަށް ކައުންސިލުގެ ސްޓްރޭޓެޖިކް ޕްލޭންގައި ހިމަނާފައިވާ އެތައްކަމެއް ހުއްޓިފައިވާކަމަށެވެ.

ސަހުބާން ވިދާޅުވީ މަގާމުން ވަކިނުކުރުމަށްޓަކައި ގާނޫނީ އިޖުރާއަތުގައިވާފަދައިން މަސައްކަތްކޮށް ކާމިޔާބުނުވުމުން ދެން އޮންނާނީ ކައުންސިލްގެ މަސައްކަތާއިއެކު ކުރިއަށް ދިޔުކަމަށެވެ. މިއާއި ހިލާފަށް ކައުންސިލަށް ނިސްބަތްވާ ބައެއް މެންބަރުން ޖަލްސާތައް ބޮއިކޮޓް ކުރެއްވިކަމަށާއި އަދި މިކަމުގެ ސަބަބަކީ އޭނާ ރިޔާސަތުގައި އިންނެވުންކަމުގައި ވިދާޅުވިއެވެ. ސަހުބާން ސުވާލު އުފެއްދެވީ އެހެން ނަމަވެސް ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިންގަންނަވާން ނުޖެހޭ އޭނާއަށް ބާރު ނުފޯރުވޭ ކޮމިޓީ ހުއްޓުމަކަށް އައީ ކީއްވެގެންކަމާއި މެދުގައެވެ. އަދި މިހެން ހެއްދެވީ ކޮމިޓީތަކުން ކަމެއް ފާސްވެއްޖެނަމަވެސް އޭގެ ކްރެޑިޓް އޭނާއަށް ލިބޭނެތީކަމުގައި ސަހުބާން ވިދާޅުވިއެވެ.

އެހެންކަމުން އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށާއި ރާއްޖޭގެ ނޫސްވެރިންގެ އިތުރުން މީޑިއާތަކަށާއި އޭނާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އޮތް އެންމެ ރަނގަޅު ގޮތަކީ މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމުން އިސްޢުފާދެއްވުންކަމުގައި ސަހުބާން ވިދާޅުވިއެވެ.

އޭނާ އިސްޢުފާ ދެއްވަނީ ކައުންސިލްގެ މަސައްކަތްތަށް ހުއްޓުމަކަށް ގެނައިސް އަދި ކައުންސިލްގެ މަސައްކަތްތަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނުދައްކާ އޭނާގެ ނަފްސްގެ ރައްކާތެރިކަން ގެއްލުވަލާ މުޅި ކައުންސިލް ޑެޑް ލޮކަކަށް ގެނައީތީކަމަށް ވާހަކަ ނިންމަވާލައްވަމުންވެސް ސަހުބާން ތަކުރާރުކުރައްވާ ވިދާލުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: