ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް މަރުވާ މީހުންގެ ހަބަރު ގެނެސްދިނުމުގައި ސަމާލުވުމަށް އެދިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ކަވަރުކުރުމާއި ގެނެސްދިނުމުގައި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އަމިއްލައަށް މަރުވާ މީހުންނާއި ކުޑަކުދިންގެ  ޚަބަރާއި މައުލޫމާތުތަކަކީ، އެ މައުލޫމާތު ގެނެސްދެވޭގޮތުން، އެހެން މީހުންނަށް އެފަދަ އަމަލުކުރުމަށް ހިތްވަރު ލިބިދާނެ، އަދި ޝައުގުވެރިކުރުވަފާނެ ފަދައިން މައުލޫމާތު ގެނެސްދެވިދާނެ ދާއިރާއަކަށްވާތީ އެކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާގީ މިންގަނޑުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، “އަމިއްލައަށް މަރުވުމާއ، ޖިނާއީ ކުށްތަކާ ބެހޭ މަޢުލޫމާތު ޝާއިޢުކުރާއިރު އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މަޢުލޫމާތު ޝާއިޢުކުރުމުން ދުރުހެލިވާނެ އެވެ.” މިފަދައިންނެވެ. އެހެންކަމުން، ޚާއްސަގޮތެއްގައި އެފަދަ ޚަބަރެއްގައި ކުޑަކުދިންގެ މައުލޫމާތު ހިމެނޭނަމަ، ކަމާގުޅޭ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެކުދިންގެ ކަރާމާތް ގެއްލޭފަދަ އެއްވެސް މައުލޫމާތެއް ޝާއިޢުކުރުމަކީ އެއްވެސް މީޑިއާއަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކުޑަކުދިން އަމިއްލައަށް މަރުވާ ހަބަރުތައް މީޑިއާގައި ރިޕޯޓް ކުރުމަކީ ވަރަށް ހައްސާސް މައްސަލައެއް ވެސް މެއެވެ. އެގޮތުން މީހުން އަމިއްލަ އަށް މަރުވާ މައްސަލަތަކުގެ ހަބަރު ގެނެސްދިނުމަކީ އެފަދަ ކޭސްތައް އިތުރުވާ ސަބަބެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާފަވާތީވެ، އެފަދަ މައްސަލަތައް ރިޕޯޓް ކުރާއިރު މީޑިއާތަކުން ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް ބާރު އަޅަ އެވެ.

ހަމަ އެހެންމެ، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރު ފެތުރުމަށް ސަމާލުވެ، ޚަބަރު ރައްދުވާ ފަރާތްތަކުގެ ކަރާމާތް ހިފަހައްޓައި، އެފަރާތްތަކުގެ ޒާތީ ކަންކަމަށް އިޙުތިރާމްކުރުމާއެކު، ޚަބަރު ގެނެސްދިނުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ފަރާތްތަކާ ދޭތެރޭ ހަމްދަރުދީ ވުމަކީ، މިފަދަ ހާލަތުތަކުގައި ބައިނަލްއަޤްވާމީ ގޮތުންވެސް އަމަލުކުރެވޭ އެންމެ ރަނގަޅު މިންގަނޑުތައް ކަމަށް މީޑިއާ ކައުންސިލުން އާއްމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ނޫސްވެރިންނާއި މީޑިއާތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ޝާއިޢުކުރާއިރު އެކުދިންގެ ކަރާމަތާއި ޙައްޤުތައް ހިމާޔަތްކުރުމަށް އިސްކަންދިނުމަށާއި، އެ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މަޢުލޫމާތެއް މީޑިއާގައި ބޭނުންނުކުރުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: